ސަޕްލައި ދޯންޏެއް ފަރަށް އަރައިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ސަޕްލައި ދޯންޏެއް ފަރަށް އަރައިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

Author
ޢަލީ އާދަމް
17 ޖެނުއަރީ 2023 08:28
0

މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް ލިބުނީ ރޭ 02:07 ހާއިރު ކަމަށެވެ. ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިކަމަށް އެފަރާތުން ބުނެއެވެ.

6 ފަޅުވެރިންނާއި އެކު ދަތުރުކުރަމުންދިޔަ، 85 ފޫޓުގެ މި ސަޕްލައި ދޯންޏަކީ މުދާ ހިފައިގެން މާލެއިން އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓަށް ދަތުރުކުރަމުންދިޔަ "ބޮނިތޯ ކެރިއާ" ނަމަކަށް ކިޔާ ދޯންޏެކެވެ.
މި ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ހާނީއްކައެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.