ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިއާއެކު ކުރިޔަށް ދާއިރު، ޕްރައިމަރީގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ފައްޔާޒުގެ އާއިލާއަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އަދި ސިޔާސީ ވާދަވެރިކަމުގައި ފައްޔާޒުގެ އާއިލާއަށް ފުރައްސާރު ކުރުން ބަލައި ނުގަނެވޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ މީޑިއާގައިވެސް އަދި އެހެން ތަނެއްގައިވެސް އޭނާއާއި ދިމާ ކުރެވިދާނެކަމަށާއި، އެހެންނަމަވެސް ސިޔާސީ ޚިޔާލު ތަފާތުވުންތަކާހެދި، މަގުމަތިން އަނބި ދަރިންނާއި ދިމާކުރުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި ފައްޔާރު ވަނީ ސަޕޯޓަރުން އޭނާގެ އާއިލާއާއި ދިމާ ނުކުރުމަށް ކެމްޕޭން ޓީމަށް އިލްތިމާސް ކުރެއްވީތީ ނަޝީދަށް ޝުކުރު ދަންނަވާކަމަށްވެސް ވިދާޅުވެފައެވެ.
ފައްޔާޒުގެ އާއިލާއަށް ނަޝީދުގެ ސަޕޯޓަރުން ދިމާކޮށްފައިވާ މައްސަލައެއް ފެންމަތި ވެފައިވަނިކޮށް، ބައެއް ވަޓްސްއަޕް ގުރޫޕްތަކަށް ރޭ ނަޝީދު ކުރެއްވި މެސެޖެއްގައިވަނީ ފައްޔާޒާއި ފައްޔާޒުގެ އާއިލާއާއި ދިމާނުކުރުމަށް އެދިވަޑައިގެންފައެވެ.
މީޑިއާގައި ވެސް، އެހެން ގޮތަކުންވެސް އަޅުގަނޑާ ދިމާ ކުރެވިދާނެ. ސިޔާސީ ޚިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަން އެހެން ނުކުރުމަށް ކެމްޕޭން ޓީމަށް އިލްތިމާސް ކުރެއްވީތީ ރައީސް @MohamedNasheed ޝުކުރު ދަންނަވަން pic.twitter.com/K9ngl2U2UV
— Fayyaz Ismail (@faya_i) January 13, 2023
އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުން އުފެދި އެޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވާއިރު، ނަޝީދު ފެކްޝަނަށް ތާއީދުކުރާ ފަރާތްތަކުގް ފާޑު ކިއުން އެންމެ ބޮޑަށް އަމާޒު ވެފައިވާ އެއް ފަރާތަކީ، ދާދިފަހުން ބޭއްވުނު ޗެއަރޕާސަން އިންތިޚާބުވެސް ކާމިޔާބު ކުރެއްވި، އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާއިލްއެވެ.
އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަތީ ތަކުރާރުކޮށް، ސާބިތު ނުހިފޭ ގިނަ ތުހުމަތުތަކެއް ފައްޔާޒަށް ކުރައްވާފައެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ ސަޕޯޓަރުން ވަނީ، މިހާރު އޮތް ޕްރައިމަރީގެ ވާދަވެރިކަމުގައި، ސޯޝަލް މީޑިއާގައި އަދި މަގުމަތިންވެސް ފައްޔާޒާއި ފައްޔާޒު އާއިލާއަށް ފުރައްސާރަ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ