ރައީސްގެ ޕްރައިމަރީ ކެމްޕޭނަށް ސަރުކާރުން ޚަރަދެއް ނުކުރޭ: ސަރުކާރު

ރައީސްގެ ޕްރައިމަރީ ކެމްޕޭނަށް ސަރުކާރުން ޚަރަދެއް ނުކުރޭ: ސަރުކާރު

Author
ހުސެއިން
12 ޖެނުއަރީ 2023 03:50
0

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައީގެ، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭނަށް ސަރުކާރުން ޚަރަދު ނުކުރާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރައީސްގެ ޕްރައިމަރީ ކެމްޕޭނަށް ޚަރަދު ކުރައްވަމުން ގެންދަވަނީ ކެމްޕޭން ޓީމުން ކަމުގައެވެ.

މިއުވާން ވިދާޅުވީ އެހެންނަމަވެސް، ރައީސް ކުރައްވާ ދަތުރުފުޅުތަކަށް ސަރުކާރުން ސެކިއުރިޓީ ފޯރުކޮށް ދެމުން ދާކަމަށެވެ. އަދި ސަޕޯޓު ޓީމުވެސް ރައީސާއެކު ދަތުރު ކުރައްވާކަމަށާއި އެހެންނަމަވެސް އެބޭފުޅުން ކެމްޕޭން ހަރަކާތްތަކުގައި ބައިވެރި ނުވާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ރައީސްގެ ކެމްޕޭންގެ ދަތުރުފުޅުތަކަކީ ހަމަ ރައީސްގެ ކެމްޕޭން ޓީމުން ހަރަދު ކުރައްވައިގެން ކުރައްވާ ދަތުރުފުޅުތަކެއް. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ ރައީސުލްޖުމްހޫރިއްޔާ ކޮންމެ ތަނަކަށް ވަޑައިގަންނަވާ އިރު ވެސް އެ ހުންނަވަނީ. އެހެންވީމާ ރައީސް އަރިހުގައި އަބަދުވެސް ރައީސްއާ އެއްކޮށް ސެކިއުރިޓީ އަދި ސަޕޯޓް ޓީމު އޮންނާނެ. އެހެން ނަމަވެސް ކެމްޕޭނެއްގެ ގޮތުގައި އެ ބޭފުޅުން މަސައްކަތެއް ނުކުރައްވާނެ.

ރައީސް ސާލިހުގެ ޕްރައިމަރީ ކެމްޕޭންގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާކަމުގެ ޝަކުވާ ވާދަވެރި ފަރާތްތަކުން ކުރަމުން ދެއެވެ. މިގޮތުން ރައީސްގެ ޕްރައިމަރީ ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް އޮފީހުގެ ފޮޓޯގްރާފަރުންގެ އިތުރުން ޕޮލިސީ ލެވެލްގެ ބޭފުޅުން ބައިވެރިވަމުންދާ ކަމުގެ ޝަކުވާ ވާދަވެރި ފަރާތްތަކުން ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިއަދު
ޟމިއުވަނުބުނެފިއް ދޮގަކަށްވާނެ އެއްގޮތެއްވެސް ނޯންނާނެ އޮޅިގެންނޫނީ ތެދެއްނުހަދާނެ ގަތަރުދަރުގެވާހަކައިން އެކަންވ ސާފްވާނެ