ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަންގެ ނުނެރެވި ލަސްވަމުންދާ ފިލްމު "މައިދާން" އަށް އަނެއްކާ ވެސް އައު ތާރީހެއް ލިބިއްޖެއެވެ.
މިހާރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މެއި 12 ގަ އެވެ. އަޖޭގެ ކެރިއަރަށް އިތުރު ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ފިލްމަކަށް މި ފިލްމު ވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ގަބޫލު ކުރާ ފިލްމު ނެރުން މިހާ ލަސްވެގެން ދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. މި ފިލްމް މީގެ ކުރިން އަޅުވަށް ގިނަ ތާރީހް ތަކެއް ދީފައިއެވެ.
2020 އިން ފެށިގެން ފިލްމް އަޅުވާ ތާރީހްތަށް އައީ އިއުލާން ކުރަމުންނެވެ. ކޮންމެ ފަހަރަކުވެސް ފިލްމް ނޭޅުވި އައު ތާރިކަށް ބަދަލުވެގެން ދަނީއެވެ. އެންމެ ފަހުން ފިލްމް އެޅުވުމަށް ތާވަލް ކޮށްފައި އޮތީ މިދިއަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހަށެވެ.
އިންޑިއާ ފުޓްބޯޅައިގެ ރަން ދުވަސްވަރު (1952-1962) ގައި ކޯޗުކަން ކޮށްދިން ސައިދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “މައިދާން” ގައި ސައިދުގެ ރޯލުން ފެނިގެންދާނީ އަޖޭއެވެ. އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ ބަތަލާ ޕްރިޔަމާނީ، ރުދްރަނިލް ގޯޝް އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.
ފިލްމުގެ ޑައިރެކްޓަރަކީ 2018 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ އެވެ.