މަސާޖު ޕާލާތަކުގެ މައްސަލަ ބޮޑުވެ ޝައިޚް ޒައިދުގެ ނުރުހުން މުއައްސަސާތަކަށް

މަސާޖު ޕާލާތަކުގެ މައްސަލަ ބޮޑުވެ ޝައިޚް ޒައިދުގެ ނުރުހުން މުއައްސަސާތަކަށް

Author
ޢަލީ އާދަމް
01 ޖެނުއަރީ 2023 10:52
0

މާލޭގައި މަސާޖު ޕާލާތަކުގެ ނަމުގައި ބަދު އަޚްލާޤީ ޢަމަލު ހިންގާ ތަންތަން ޢާންމުވެފައިވާ މައްސަލާގައި މުއައްސަސާތަކުން އެއްވެސްމަސައްކަތެއް ނުކުރާކަމަށް ތުހުމަތުކޮށް ޝައިޚް ޢަލީ ޒައިދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަށިވިއްކާ ތަންތަން މަސާޖު ޕާލާ ނަމުގައި މީހާރު ރޯ ބަރަހަނާ އަންހެނުން ލައިގެން ފޭސްބުކްގައި އިސްތިހާރުކުރަމުންދާކަމަށެވެ. އަދި އެފަދަ ތަންތަނުން "ފުލް ބޮޑީ މަސާޖޭ، ޕްރައިވެޓް ޕާޓްސްއިން އިސްތަށި ބާލަމޭ" ކިޔާއިރު، ދެ އަތް އުރާލައިގެން މުއައްސަސާތަކުން ތިބުމަކީ ވަރަށް ވިޔާނުދާ ކަމެއްކަމަށެވެ. މިތަންތަން ބަންދުކޮށް ހުއްޓުވެންޖެހޭކަމުގައި ޝައިޚް ޒައިދު ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލޭގައި މަސާޖުޕާލާތައް ޢާންމުވެ އެތަންތަނުން ހަށިވިއްކުމާއި އެނޫންވެސް ބަދުއަޚުލާޤީ އަމަލުތައް ހިންގުން ޢާންމުވެފައިވާކަމުގެ ކަންބޮޑވުން ޢާންމުން ފާޅުކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ޚާއްސަކޮށއް ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭގައި މަސާޖުޕާލާތަކުގެ މައްސަ ބޮޑުވެގެން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އޭރު މުޒާހަރާކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައި އުޅުއްވިކަން ފާހަގަކޮށް މިއަދު އެކަމާމެދު މާބޮޑު ކަންބޮޑުވުމެއް ފާޅުނުކުރައްވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަބަޔަކު ފާޑުކިޔަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަމާން
ކޮން ނުރުހުމެއް......ތިޔަހުރީ އެމީހުނަށް ބައިޢަތު ހިފައިގެން...ގައުމު ދީނަށް ސީދާ ކުރުމަށް މަަސައްކަތް ކުރާ މީހެއްގެ ފަހަތަށް އަރަން ނުކެރިފަ.....ތިޔައީ ދީން ވިއްކާ މީހުންގެ އުސޫލު..އަވަހަށް ގައުމު ދީނަށް ސީދާ ކުރުމަށް މަސައްކަތް ކުރާ މީހެއްގެ ފަހަތަށް އަރުއްވާ.