29 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި

29 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި

ގުޅުންހުރި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 29 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ އެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިނާޔަތު ތައުފީގްއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،422،320.00 ރުފިޔާއަށެވެ. މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

  • އއ. ހިމަންދޫ
  • އއ. އުކުޅަސް
  • އއ. ތޮއްޑޫ
  • ދ. މީދޫ
  • މ. ވޭވަށް
  • މ. ނާލާފުށި
  • ފ. ދަރަނބޫދޫ
  • ފ. ފީއަލި
  • ތ. ހިރިލަންދޫ
  • ތ. ކިނބިދޫ
  • ތ. ކަނޑޫދޫ
  • ލ. މާވަށް
  • ލ. މާބައިދޫ
  • ލ. އިސްދޫ
  • ލ. ފޮނަދޫ
  • ލ. ހިތަދޫ
  • ލ. މާމެންދޫ
  • ލ. ގަން
  • ގއ. ކޮލަމާފުށި
  • ގއ. ކަނޑުހުޅުދޫ
  • ގއ. ކޮނޑޭ
  • ގއ. ދާންދޫ
  • ގދ. ގައްދޫ
  • ގދ. ތިނަދޫ
  • ގދ. ހޯޑެއްދޫ
  • ޏ. ފުވައްމުލައް
  • ސ. މަރަދޫ
  • ސ. ހިތަދޫ
  • ސ. މަރަދޫ-ފޭދޫ

ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ އިކުއިޕްމަންޓް އިންޑިއާ ސަރުކާރުން ރާއްޖެއާއި ޙަވާލުކޮށްފައި ވަނީ މިދިޔަ ޖުލައިމަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 8 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން ހިންގާ މަޝްރޫއެކެވެ.

މި އައުޓްޑޯ ޖީމްތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތައް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޚާއްސަކޮށް މި ޖިމްތަކުގެ ސަބަބުން ރަށްތަކުގައި ސްޕޯޓްސް ކައުންސިލަރުންނަށް އެކިއެކި ހަރަކާތްތައް ހިންގުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *