އެކްޓަރު އަޔުޝް މެހެރާ ރާއްޖޭގައި

އެކްޓަރު އަޔުޝް މެހެރާ ރާއްޖޭގައި

Author
ފާތިމަތު ނާވީ
24 ޑިސެމްބަރ 2022 06:27
0

ވެބް ސީރީޒްތަކުން މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަޔުޝް މެހްރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އަޔުޝް ރާއްޖެ އައިސްފައިވަނީ އޭނާގެ ބައިވެރިޔާ އާޝަނާ އާއެކު އެވެ. އެ ދެ މީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ރޮބިންސަން މޯލްޑިވްސް ރިސޯޓުގަ އެވެ.

ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް އެ ދެ މީހުން އިންސްޓަގްރާމުގައި ދަނީ ޝެއާކުރަމުންނެވެ. ރާއްޖެ އަކީ އިންޑިއާގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.

 

View this post on Instagram

 

A post shared by Ayush Mehra (@ayush007)

އަޔޫޝް އާއި އަޝާނާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2006 ވަނަ އަހަރުގައިއެވެ. އެމީހުން އުޅެމުން އަންނަނީ ލިވިންގް ރިލޭޝަންޝިޕްއެއްގައިއެވެ. އެދެމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރުގައި އެމީހުން ކައިވެނީގެ ވާހަކައެއް މީޑީއާއިން ރިޕޯޓްކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Ayush Mehra (@ayush007)

އަޔޫޝް އޭނާގެ އެކްޓިން ކެރިއަރު ފަށައިފައިވަނީ 2010 ވަނަ އަހަރު ފިލްމް "އިސީ ލައިފް މޭ" އިނެނެވެ. އޭނާ ވަނީ  'ޔޭ ހޭ އާޝިގީ' އަދި 'ލައިފް ލަފްޅޭ އޯރް ބަޅިޔާ' އާއި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ސްކްރީން ކުރި 'ކައްޗޭ ލީނބޫ' ފަދަ ފިލްމް ތަކުން ފެނިގެން ގޮސްފައިއެވެ.

މީގެ އިތުރުން 'ޕްލީޒް ފައިންޑް ދި އެޓޭޗްޑް،' އަދި 'އޮޕަރޭޝަން އެމްބީބީއެސް' ފަދަ ވެބް ސީރީޒް ތަކުން ވެސް ވަނީ އަޔޫޝް ގެ މޮޅު އެކްޓިންގ ދައްކުވައިދީފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.