"ބޯލާ" ގެ ޕޯސްޓަރުތަކެއް

"ބޯލާ" ގެ ޕޯސްޓަރުތަކެއް

Author
ފާތިމަތު ނާވީ
24 ޑިސެމްބަރ 2022 11:02
0

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ. މިދިއަ ހަފްތާ ތެރޭގައި އެ ފިލްމްގެ ފުރަތަމަ ޓީޒާ ވެސް ވަނީ ދައްކައިލައިފައިއެވެ.

އަންނަ އަހަރުގެ މާޗް 30 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ އަންނަ އަހަރު ބެލުންތެރިންނަށް ފެންނާނެ އަޖޭގެ ފުރަތަމަ ފިލްމެވެ. "ބޯލާ" އަކީ 2019 ތަމަޅަ އެކްޝަން ތުރިލާ "ކައިތީ" ގެ ރިމޭކެކެވެ. ކާތީ ކުޅުނު ފިލްމު ލިޔެ، ޑައިރެކްޓްކުރީ ލޮކޭޝް ކަނަގަރާޖެވެ.

އެ ފިލްމުގައި ދައްކުވައިދެނީ ޖަލުން މިނިވަންވާ ގައިދީއަކު އޭނާ މިނިވަންވާ ރޭ ސްމަގުލް ގޭންގެއްގެ ކިބައިން ފުލުހުން ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ. އެކަން އޭނާ ކުރަނީ ޔަތީމުހާނާއެއްގައި ހުރި އޭނާގެ ދަރިފުޅާ ބައްދަލުކުރުމަށް ބޭނުންވާތީއެވެ. އަދި ފުލުހުން އޭނާއަށް އެކަމުގައި ވާ އެހީތެރިކަނަ ފިލްމުގައި ދައްކުވައިދެއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

މި ފިލްމް އަކީ އަޖޭ އާއި ތާބޫ އެކުގައި ފެނިގެންދާ 9 ވަނަ ފިލްމްއެވެ. މި ފިލްްމްގައި ތައްބޫ ފެނިގެންދާނީ ފުލުހުންގެ މަތީ ރޭންކްގެ އޮފިސަރެއްގެ ގޮތުގައެވެ. އަދި މި ފިލްމުގައި ތައްބޫގެ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ. ފިލްމު ސިނަމާތަކަށް ގެންނަން މަސައްކަތްކުރަނީ އަންނަ އަހަރު މާރިޗު މަހުއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

އަޖޭގެ ފުރަތަމަ ޑައިރެކްޝަނަކީ 2008 ގެ ފިލްމު "ޔޫ މީ އޮރް ހަމް" އެވެ. އެއަށްފަހު 2016 ވަނަ އަހަރުގެ ފިލްމު "ޝިވާއީ" އަކީ އަޖޭގެ 2 ވަނަ ޑައިރެކްޝަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.