ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން ދިރިއުޅޭނެ ގެއެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މުނިފޫހި ފިލުުމުގެ ހަބރުތަށް ގެނެސްދޭ ނޫސްތަކުގެ ރިޕޯޓްތައް ބުނެފި އެވެ.
32 އަހަރުގެ އެކްޓަރު ގެއެއް ބޭނުން ވަނީ މުމްބާއީގެ ޖުހޫގެ ހިތްގައިމު ހިސާބަކުން ކަމަށް ހަބަރުތަށް ބުނެއެވެ. އަދި މިހާތަނަށް ވަރަށް ގިނަ ތަންތަން ވެސް ބަލާފައިވާ ކަމަށާއި އަދިވެސް އަންނަނީ ބަލަމުން ކަމަށް ވެއެވެ.
އަދި ބައެއް ލަގްޒަރީ އެޕާޓްމެންޓަތަށް ބަލައިފައިވާ ކަމަށާއި ނަމަވެސް އޭނާ ހިތްހަމަ ޖހޭވަރުގެ ތަނެއް އަދި ފެނިފައި ނުވާކަމަށްވެސް ވެއެވެ. އެގޮތުން ކާތިކާ އާއި އޭނަގެ މަންމަ މި ހަފުތާގައި އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތު ކުރިން ދިރިއުޅުނު އަގުބޮޑު އެޕާޓްމަންޓް ވެސް ބަލާފައިވާ ކަމަށް ބުންޏެވެ.
ކާތިކް ވަނީ ފާއިތުވި ދެ އަަހަރުން ފެށިގެން މަތީ ފަންތީގެ ލަގްޒަރީ އެޕާޓްމެންޓްއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދިވެސް އޭނާގެ ހިތްހަމަ ޖެހޭފަދަ ތަނަކާއި އަދި ދިމާވެފައި ނުވާކަމަށްވއެވެ.
ކާތިކް ބޭނުން ވަނީ އެޕާޓްމެންޓް ލަގްޒަރީވުމުގެ އިތުރުން ވިއުވެސް އިންތިހާއަށް ރީތިވުމެވެ. އެގޮތުން މޫދު ފެންނަ ހިސާބެއްގައި ހުރި ގެއެއް ނޫނީ އޭނާ ބެނުން ނުވާ ކަމަށްވެއެވެ.
ކާތިކް އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑްބޮޑު އެއް އެކްޓަރެވެ. 32 އަހަރުގެ ޒުވާން ތަރި މި އަހަރު ދެ ފިލްމެއް ރިލީޒްކުރި އެވެ. އެއީ މި މަހުގެ "ފްރެޑީ" އާއި މެއިގައި ރިލީޒްކުރި "ބޫލް ބުލައްޔާ" އެވެ.