ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީގެ މައްޗަށް ރިޝްވަތުގެ މައްސަލައެއްގައި ކަނޑައަޅާފައިވާ ހަތް އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ފަސް އަހަރަށް ކުޑަކޮށްފިއެވެ. މި ނިންމުން ނިންމީ އަންގާރަ ދުވަހު ކަމަށް ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން ކަމަށްވާ ކިމްގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުކުރީ މިދިޔަ ޖޫން މަހުއެވެ. ޔޫންގެ ވެރިކަމުގައި ސިޔާސީ ފައިދާ ހޯދައިދިނުމުގެ ބަދަލުގައި އަގުބޮޑު ހަދިޔާތަކާއި މުދާ ލިބިގަތް ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
ކިމް ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. ހުކުމަށް ފަހު އޭނާގެ ވަކީލުން ވިދާޅުވީ ކޯޓުގެ ނިންމުމާ އެއްބަސް ނުވާތީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާޝަލް ލޯ އިއުލާން ކުރެއްވުމާ ގުޅިގެން ޔޫން ވަނީ ވޯޓަކުން މަގާމުން ދުރުކޮށްފައެވެ. ބަޣާވާތުގެ ކުށް ސާބިތުވެގެން އޭނާ މިހާރު ގެންދަވަނީ އުމުރަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ