ދައުލަތުގެ ހުރިހާ ރަސްމީ މުއާމަލާތެއް ދިވެހިބަހުން ކުރަން އެކަޑަމީން ގޮވާލައިފި

ދައުލަތުގެ ހުރިހާ ރަސްމީ މުއާމަލާތެއް ދިވެހިބަހުން ކުރަން އެކަޑަމީން ގޮވާލައިފި

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 08:10
0

 

ދައުލަތުގެ ރަސްމީ ހުރިހާ މުއާމަލާތެއް ދިވެހިބަހުން ކުރަންޖެހޭނެ ކަމަށާއި، ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ދިވެހިބަހުގެ އެކަޑަމީން ގޮވާލައިފިއެވެ.

ގާނޫނުއަސާސީގެ 11 ވަނަ މާއްދާގައި ރާއްޖޭގެ ގައުމީ އަދި ރަސްމީ ބަހަކީ ދިވެހިބަސްކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް، އެކަޑަމީން ނެރުނު އިއުލާނެއްގައި ބުނީ ދައުލަތުގެ މުއައްސަސާތަކާއި އޮފީސްތަކަށް ނަން ކިޔުމުގައާއި ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންޖެހޭނެ ކަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަ ގޮތަށް ހަރުކުރާ ކޮންމެ ނަންބޯޑެއްގައިވެސް، އެ ތަނުގެ ނަން ތާނައިން ލިޔެފައި އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާކަމަށްވެސް އެކަޑަމީން ބުންޏެވެ.

ގާނޫނެއްގައި ވަކިގޮތަކަށް އަމަލުކުރަން ވާނެ ކަމަށް ބުނެފައިވާނަމަ، އެއީ ބަރީއަވެވޭނެ ގޮތެއް ނެތް ވާޖިބެއް ކަމަށް މާނަކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ވެސް އެކަޑަމީން ހަނދާންކޮށްދިނެވެ.

ބައެއް ފަރާތްތަކުން ގާނޫނާ ހިލާފަށް އަމަލުކުރަމުންދާކަން ފާހަގަވެފައިވާތީ މި ގޮވާލުން ކުރީ ކަމަށް އެކަޑަމީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.