އަލިޒޭއަށް ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމް އަކަށް ސޮއި ކޮށްްފި

އަލިޒޭއަށް ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމް އަކަށް ސޮއި ކޮށްްފި

Author
ފާތިމަތު ނާވީ
21 ޑިސެމްބަރ 2022 07:03
0

ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން އަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމުގައިވާ އަލީޒޭ އަގްނީހޯތްރީ ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމަކަށް ސޮއިކޮށްފި އެވެ. ވިކާސް އާއި ސަލްމާން އަކީ ދުވަސްވީ އެކުވެރިންނެވެ.

ކަންގަނާ ރަނާވަތުގެ "ކްއީން" "އާއި ރިތިކް ރޯޝަންގެ "ސުޕަ 30″ ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮކްޓޯބަރުގައި ރިލީޒްކުރި "ގުޑް ބާއި" އެވެ. ނަމަވެސް އެ ފިލްމް އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ނުލިބުނެވެ.

 

View this post on Instagram

 

A post shared by ali (@alizehagnihotri)

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫހސްތަކުން ބުނާގޮތުގައި މި ފިލްމް އަކީ 2014 ގެ ފްރާންސް/ބެލްޖިއަމްގެ ކާމިޔާބު ކޮމެޑީ ޑްރާމާ "ލަ ފެމިލީ ބެލިއާ" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. މީގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ވިކާސް އަންނަނީ ކުރަމުންނެވެ. އަދި އަންނަ އަހަރުގައި ފިލްމްގެ ޝޫޓިން ފަށާނެ ކަމަށް ވެއެވެ.

މި ފިލްމްގެ ޕްލޮޓް ބިނާވެފައިވަނީ އާއިލާއެއްގައި ތިބޭ މަންމަނު އަދި ބީރު ބަޔަކާ އިޝާރާތުގެ ބަހުރުވައިން ވާހަކަ ދައްކަން ޖެހިފައިވާ 16 އަހަރުގެ އަންހެން ކުއްޖެއްގެ ވާހަކައިގެ މައްޗަށެވެ. ފިލްމްގައި އެ ކުއްޖެއްގެ ލަވަކިޔުމުގެ ހުނަރު ހުރިކަން އޭނަގެ ޓީޗަރަށް ފާހަގަކުރެވިގެން އެ އެ ކުއްޖާ ލައްވައި އެ ހުނަރު ތަރައްގީކުރުވަން ކުރާ މަސައްކަތްތަށް ވަރަށް ރަނގަޅަށް ދައްކުވައިދޭނެއެވެ.

 

View this post on Instagram

 

A post shared by ali (@alizehagnihotri)

އަލިޒޭ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ދެކެވެނީ 2019 އިން ފެށިގެންނެވެ. ނަމަވެސް އޭނާ އަދި ވެސް ހުރީ ރަނގަޅު ފުރުސަތަކަށް ބަލަބަލައެވެ. މި ފިލްމް ވެގެން ދާނީ އޭނާ ބޮލީވުޑްއަށް ތައާރަފްވާ ފިލްމްއެވެ.

އަލީޒޭގެ ފުރަތަމަ އެކްޓިން ފެނިގެންދާނެ ޕްރޮޖެކްޓަކީ މަނޯޖް ބަޖްޕާއީގެ ވެބް ސީރީޒް "ބުދިއާ ސިންގް: ބޯން ޓު ރަން"އެވެ. މިހާރު އޭނާ އަންނަނީ މި ސީރީޒްގެ މަސައްކަތް ކުރަމުންނެވެ.

 

View this post on Instagram

 

A post shared by ali (@alizehagnihotri)

އޭނަ އަކީ ސަލްމާންގެ ކޮއްކޮ އަލްވިރާ އަގްނިހޯތުރީ އާއި ކުރީގެ އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު ވިވެކް އަގްނިހޯތުރީގެ ދަރިއެކެވެ. އޭނާ ފިލްމް އަކުން އަދި ނުފެނުން ކަމުގައިވިޔަސް އޭނާ ވަނީ ގަހަނާ އިޝްތިހާރަކުން ފެނިގެން ގޮސްފައިއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.