އަރިއަން އަމިއްލަ ބްރޭންޑެއް ލޯންޗްކޮށްފި

އަރިއަން އަމިއްލަ ބްރޭންޑެއް ލޯންޗްކޮށްފި

Author
ފާތިމަތު ނާވީ
18 ޑިސެމްބަރ 2022 08:11
0

ބޮލީވުޑްގެ ކިންގް ހާންގެ ގޮތުގައި މަޝްހޫރު އެކްޓަރު ޝާހުރުކް ހާން ގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔާން ހާން އަމިއަލް ބްރޭންޑްއެއް ލޯންޗު ކޮށްފިއެވެ.

އަރިއަން އާއި އޭނަގެ ދެ އެކުވެރިއަކުވެގެން ލޯންޗްކުރީ ލަގްޒަރީ ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ "ޑި’ޔަވޯލް" އެވެ. މި ބްރޭންޑްގެ ދަށުން ފެޝަންގެ އިތުރުން ތަފާޓު ވައްތަރުގެ ބުއިންތަށް އަދި  އިވެންޓް މެނޭޖްމަންޓްކޮށް ދިނުން ފަދަ ކަންކަން ކޮށްދޭނެއެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

މީ ލަގްޒަރީ ބްރޭންޑެކެވެ. އާރިޔާން ގެ އިތުރުން މި ބްރޭންޑްގައި ހިއްސާ ވަނީ އޭނާގެ ދެ އެކުވެރިން ކަމުގައިވާ ބަންޓީ ސިންގް އާއި ލެޓީ ބްލެގޯވާއެވެ. މީ ގިނަ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި ފާއިތުވި 5 އަހަރުގައި އެމީހުން މި ބްރޭންޑް ލޯންޗް ކުރުމަށް ވަރަށް ބުރަކޮން މަސައްކަތް ކުރި ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

24 އަހަރުގެ ޒުވާން އާރިޔާން ބްރޭންޑެއް ލޯންޒް ކުރި އިރުގައި އޭނާ އަންނަނީ ފިލްމީ ދުނިޔެއަށްނުކުތުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން އޭނާ ފެނިގެން ދާނީ ކެމެރާގެ ފުރަހަގަހުންނެވެ. މިހާރު ވަނީ ފުރަތަމަ ސްކްރިޕްޓް ނިންމައިފައިއެވެ. އަދި އޭނާ ލިޔުން ސްކްރިޕްޓް އަކި ވެބް ސީރީޒްއެކެވެ. އެ ޑައިރެކްޓް ކުރާނީވެސް އޭނާއެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

އެ ހަދަން ނިންމާފައި ވަނީ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ދަށުންނެވެ. އެކަން މީގެ ހަފުތާއެއް ކުރިން އަރިއަން ވަނީ އިއުލާންކޮށްފަ އެވެ. އޭނާ އާއި ހިލާފަށް ކޮއްކޮ ސުހާނާ ހާން ފެނިގެން ދާނީ ބައްޕަ ޝާހުއެކޭ އެއްފަދައިން ކެމެރާގެ ކުރިމަތިންނެވެ. ސުހާނާގެ އަލަތު ފިލްމް "ދި އާޗީ" އަންނަ އަހަރުގައި ރިލީޒް ކުރާނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.