ސައުތުގެ މަގުބޫލު ބަތަލާ ޝްރެޔާ ސަރަން އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ހިއްސާ ކޮށްފިއެވެ. ސައުތުގެ އިތުރުން ބޮލީވުޑްގެ ފިލްމް ތަކުންވެސް ފެނިގެންދާ މަގުބޫލު ބަތަލާ އާއި ރަޝިއާގެ ލޯބިވެރިޔާ އަންޑްރޭ ކޮސްޗީވް ކައިވެނި ކުރީ 2018 ވަނަ އަހަރުގައިއެވެ.
އެމީހުންނަށް އަލަތު ދަރިއަކު ލިބުންކަން އިއުލާން ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. މީޑިއާ އާއި ވަރަށް 'ފޮރުވައިގެން' އެމީހުން ދަރިފުޅު ގެންގުޅެމުން އަންނަ އިރުގައި ޝްރެއާ ވަނީ މިހަފްތާގައި ދަރިފުޅުގެ ފޮޓޯއެއް އާންމުކޮށްފައިއެވެ.
2022 އަކީ ޝްރެއާ އަށް ވަރަސް ކާމިޔާބު އަަރެކެވެ. އެގޮތުން އޭނާ ފެނިގެންދިއަ ފިލްމް "އާރްއާރްއާރް" އާއި "ދްރިޝްޔަމް 2″ ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދައިފައިއެވެ.

40 އަހަރުގެ ބަތަލާގެ ފިލްމީ ކެރިއަރު ފަށައިފައިވަނީ 2001 ވަނަ އަހަރު އިޝްތަމް ކިޔާ ޓަލުގޫ ފިލްމްއަކުންނެވެ. ޝްރިޔާ ގެ ފާހަގަ ކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި "އޭކް" "ތަޑްކާ" "ޗަތްރަޕަތީ" އަދި "އަރްޖުން" ފަދަ ސައުތުގެ ފިލްމްތަށް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ