އެފްކޮންސް އެކޮމޮޑޭޝަން ބްލޮކްގެ އަލިފާނުގެ ހާދިސާގައި 73 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދީފި

އެފްކޮންސް އެކޮމޮޑޭޝަން ބްލޮކްގެ އަލިފާނުގެ ހާދިސާގައި 73 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދީފި

Author
ހުސެއިން
16 ޑިސެމްބަރ 2022 06:45
0

ގުޅީ ފަޅުގައި ހުންނަ، ވިލިމާލެ ބުރިޖް އެޅުމުގެ މަސައްކަތް ކުރަނުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 73 މީހަކަށް ހޮސްޕިޓަލްގައި ފަރިވާ ދޭންޖެހިފައިވާކަމަށް އެމްއެންޑިއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، މި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެފަރާތައް ލިބިފައިވަނީ ރޭގެ 12:31 ގައި ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެމްއެންޑީއެފްއިން ހާމަ ކޮށްފައި ވެއެވެ. އެމްއެންޑީއެފްއިން ހާމަ ކޮށްފައިވާ ގޮތުގައި ފަޔަރ އެންޑް ރެސްކިއުއިން ކުރި މަސައްކަތުން، އެ ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ރޭގެ 1:52 ހާއިރުއެވެ. މިހާދިސާގައި އެފްކޮންސްއިން ބޭނުން ކުރަމުންއައި އެކޮމޮޑޭޝަން ބްލޮކް އަނދާ ހުލިވެފައިވާ ކަމުގައިވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 13 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، 60 މީހަކަށް ފަރުވާ ދީފައިވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައި ވެއެވެ.

އަނިޔާވި ބައެއް މީހުންނަށް ޓްރީޓޮޕްގައި ފަތުވާ ދެނީ

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރިން އެމްޓީސީސީން ބޭނުންކުރި، ފަހުން އެފްކޮސްއިން ބްރިޖް މަސައްކަތް ކުރާ މީހުންގެ އެކަމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުން ކުރަމުންއައި މި ތަނުގައި 465 މީހުން ދިރި އުޅެފައި ވެއެވެ.

އެފްކޮންސްއިން ވިލިމާލެ ބުރިޖް އަޅަމުން ދާއިރު މި މަސައްކަތުގައި މިހާތަނަށް ގިނަ ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިގައިގެން ގޮސްފައެވެ. އޭގެ ތެރޭގައި ބްރިޖް އަޅަން ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާއި، ބުރިޖްގެ ތަނބުތައް ޖަހަން ބޭނުންކުރި ކެރޭނެއް ބިންދައިގެން ދިއުންވެސް ހިމެނެއެވެ.

ބްރިޖް ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާއި ގުޅިގެން އީޕީއޭއިން މިހާރުވަނީ އެފްކޮސްން ބޮޑު އަދަދަކުން ޖޫރިމަނާވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.