އިންތިޚާބަކާ ގުޅުވައިގެން، އިންތިޚާބު ހިނގުމުގެ ވެސް ކުރިން، މިލިޓަރީ ދެއްކުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިއާސީ އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާއި، ސިފައިންނާއި ބޭއްވި ބައްދަލުވުންތަކާއި ގުޅިގެން ފާޑުކިޔުން އަމާޒުކޮށް ކުރެއްވި ޓުވީޓުގައެވެ. އިންތިގެ ފާޑުކިޔުން ބޮޑަށް އަމާޒުވީ އިލެކްޝަނުން އިންތިޚާބާއި ގުޅިގެން ސިފައިންނާއި ބައްދަލު ކުރުމުންނެވެ.
އިންތި ވިދާޅުވީ އިންތިޚާބަކާއި ގުޅިގެން އިންތިޚާބެއް ނުވެސް ހިނގާ ދުވަސްވަރެއްގައި ސިފައިންނާއި ބައްދުކޮށް މަޝްވަރާކުރާ ތަން ފެނުމުން ދޭހަވެގެންދަނީ އިލެކްޝަން ކޮމިޝަން ސިފައިންގެއަށް ހާޒިރުކުރުން ކަހަލަ ގޮތަކަށް ކަމުގައެވެ. އިންތިޚާބެއްގެ ކުރިންވެސް އަދި އިންތިޚާބެއް ހިނގަދާއިރުވެސް މިލިޓަރީ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އިންތި ވިދާޅުވިއެވެ.
އިންތިޚާބަކާ ގުޅުވައިގެން، އިންތިޚާބު ހިނގުމުގެ ވެސް ކުރިން، މިލިޓަރީ ދެއްކުމަކީ އެދެވޭ ކަމެއް ނޫން؛ ފޮޓޯއިން ފެންނަނީ އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށްފައި އިންކަހަލަގޮތަކަށް.
– އިންތި ވިދާޅުވިއެވެ.
އިންތިޚާބަކާ ގުޅުވައިގެން، އިންތިޚާބު ހިނގުމުގެ ވެސް ކުރިން، މިލިޓަރީ ދެއްކުމަކީ އެދެވޭ ކަމެއް ނޫން؛ ފޮޓޯއިން ފެންނަނީ އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށްފައި އިންކަހަލަގޮތަކަށް. pic.twitter.com/dmhRD2bqDs
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) December 14, 2022
އޭނާ ވަނީ ރައީސް މީގެ ކުރިން ސިފައިންގެ ބާރާއި ގުޅޭ ވާހަކައެއްގެވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އަބަދުވެސް ކޮމާންޑް އެންޑް ކޮންޓްރޯލް އޮންނަންވާނީ ސިފައިންގެ އަތްމަތީގައި ކަމަށެވެ. "ސިވިލިއަން ކޮންޓްރޯލް އޯވަރ ދަ މިލިޓަރީ" ގެ ޑޮކްޓްރިންގެ ބާރަކީ އޮތް އެއްޗެއް ނޫންކަމަށް ދޭހަވާގޮތަށް ކަމަށާއި، މިއީ ވެސް އެކަން ބުނެދޭ މީޓިންގ އެއްކަމަށް ދެކޭކަމަށް އިންތި ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ