އަތޮޅުތެރޭގައި ބިން ހުރި މާލޭ މީހުންނަށް ޕޮއިންޓު އުނިވާނެ އުސޫލެއް ބޭނުންވޭ: ޝިޔާން

އަތޮޅުތެރޭގައި ބިން ހުރި މާލޭ މީހުންނަށް ޕޮއިންޓު އުނިވާނެ އުސޫލެއް ބޭނުންވޭ: ޝިޔާން

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2022 02:58
0

ރާއްޖޭގެ އެކި ކަންކޮކޮޅުތަކުން ބިން ލިބި، މާލެއިން ގޯތި ހޯދުމަށް ހުށައަޅަފައިވާ މީހުންނަށްގެ ޕޮއިންޓް އުނިކުރެވޭނެ އުސޫލެއް ބޭނުންވާކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ. ޝިޔާން މިހެން ވިދާޅުވީ، މާލޭ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ސަރުކާރުން އެކުލަވައިލި ބިންވެރިޔާ އުސޫލުގައި، މާލޭ ރަށްވެހިން ކަނޑައެޅުމަށް ބަޔާންކޮށްފައިވާ ޝަރުތަކީ ޤާނޫނު އަސާސީއާއި ޚިލާފު ޝަރުތެއްކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޚުތިޞާޞު އެ ކޯޓަށް ނެތްކަމަށް ކަނޑައެޅުމާއި ގުޅިގެންނެވެ.

ޝިޔާން ވިދާޅުވީ މާލޭގެ ރަށްވެހިންގެ ނަމުގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހުރި ބިން ބިމުން މާލެ ގޯއްޗަށް ލާފައިތިބި ފަރާތްތަކުގެ ޕޮއިންޓު އުނިކުރެވޭނެ އުސޫލެއް އޮންނަންޖެހޭކަމަށެވެ. އެހެންނޫނީ އެ ބިންތައް ދޫކޮށްލަން ޖެހޭކަމަށްވެސް ޝިޔާން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މާލޭގެ ރަށްވެހިންނަ ޚާއްޞަކޮށްގެން 300 ގޯތި ދޫކުރަން ނިންމާފައެވެ. އެ ގޯތި ދޫކުރަން ނިންމާފައިވަނީ ހުޅުމާލެއިންނާއި ގުޅީފަޅުންނެވެ.

މިއީ މާލޭގެ ރަށްވެހިންނަށް ޚާއްޞަ ގޯތިތަކެއްކަމުން އަތޮޅުތަކުގެ ރަށްޔިތުންނަށް ކުރިމަތިނުލެވޭނެއެވެ. މި އުސޫލާއި ގުޅިގެން ރާއްޖެތެރެއާއި މާލޭގެ ތަފާތުކުރުންތަކުގެ ބަހުސްވެސް ސޯޝަލް މީޑިއާގައި ގަދަވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.