ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ. ޖާންވީ އަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ތަރިއެކެވެ. އޭނާ އަންނަނީ ބޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް ވަރަށް ބުރަކޮން މަސައްކަތް ކުރަމުންނެވެ.
ޖާންވީ ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ މަޝްހޫރު ރިސޯޓް ސޮނެވާ ޖާނީގައެވެ. އޭނާ ވަނީ އިންސްޓްގްރާމްގައި ޗުއްޓީގެ ފޮޓޯތަށް ހިއްސާ ކޮށްފައިއެވެ. މި ދަތުރުގައި ޖާންވީ އާއި އެކުގައި ބައިވެރިވީ ކާކުމެއް ނޭގެއެވެ.
ޖާންވީ ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ނެރުނު "ދަޅަކް" އިން އެވެ. އެ ފިލްމުގައި ޖާންވީއާއެކު ފެނިގެން ދިޔައީ މަޝްހޫރު ބޮލީވުޑް އެކްތަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓަރު އެވެ.
ޖާންވީ އަކީ ބޮލީވުޑްގެ މާޝްހޫރު ފިލްމީ އާއިލާއަކުން އައި ތަރިއެކެވެ. އެގޮތުން އޭނާގެ ބައްޕަ ބޯނޭ ކަޕޫރުއަކީ ޕްރޮޑިއުސަރެކެވެ. އަދި މަންމަ އަކީ އެފަދަ ދެވަނައެއް ނެތް ބަތަލާ ޝްރީދޭވީއެވެ. ޖާންވީގެ އަލަތު ފިލްމް ސިނަމާތަކަށް އައުމުގެ ކުރިން ސްރީދޭވީ ވަނީ މިދުނިޔެއަށް 2018 ވަނަ އަހަރު އަލްވަދާއު ކިޔައިފައިއެވެ.