މިއޮތީ ކެޓްރީނާ ރާއްޖޭގައި ކޯވިޑް ޓެސްޓު ކުރާ ވީޑިއޯ އެއް: ފޭނުންނަށް ވަރަށް ކަމުގޮސްފި!

މިއޮތީ ކެޓްރީނާ ރާއްޖޭގައި ކޯވިޑް ޓެސްޓު ކުރާ ވީޑިއޯ އެއް: ފޭނުންނަށް ވަރަށް ކަމުގޮސްފި!

Author
ޢަލީ އާދަމް
22 ނޮވެމްބަރ 2020 08:50
0

ކެޓްރީނާ ކައިފް ރާއްޖޭގައި ކުރިއަށްގެންދިޔަ ފޮޓޯ ޝޫޓްގެ ކުރިން ކޯވިޑަށް ޓެސްޓުކުރާ ވީޑިއޯއެއް އާންމުކޮށްފިއެވެ.

ކެޓްރީނާ އޭނަގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން މިއަދު ކުރި ޕޯސްޓްގައި ލިޔެފައިވާ އިބާރާތްކޮޅުން ބޮޑަށް ބެލެވެނީ އެއީ އޭނާ ރާއްޖޭގައި ކުރިއަށްގެންދިޔަ ފޮޓޯ ޝޫޓް ފެށުމުގެ ކުރިން ޓެސްޓު ކުރުމަށް ސާމްޕަލް ނެގި ދުވަސް ކަމަށެވެ.

ކެޓްރީނާގެ ޕޯސްޓްގައި ބުނެފައި ވަނީ " މިކަންވެސް ކުރަންޖެހޭނެ – ޝޫޓްގެ ކުރިން ޓެސްޓް ކުރުން" މިއާއެކު ދިވެހި ދިދައެއް ހިމަނާ ދެން ޖަހާފައި ވަނީ ސޭފްޓީ ފަސްޓް ހޭޝްޓެގެކެވެ. އަދި އޭގެ ފަހަތުގައި ބުރެކެޓެއްގެ ތެރޭ ލިޔެފައި ވަނީ "ޑެނީގެ ވަރަށް މުހިންމު އިރުޝާދެއް އަބަދުވެސް ހިނިތުންވޭ" މިހެންނެވެ. ޑެނީ އަކީ ކެޓްރީނާ އާއި އެކު ރާއްޖެ އައި އޭނާގެ ހެއަރ ސްޓައިލިސްޓް ޑެނިއަލް އެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

އެހެންކަމުން ބެލެވެނީ ކެޓްރީނާ ރާއްޖޭގައި ކުރިއަށް ގެންދިޔަ ފޮޓޯ ޝޫޓްގެ ކުރިން އޭނާގެ ހެއަރ ސްޓައިލިސްޓްގެ އެދުމަކަށް، ރައްކާތެރިކަން އިސްކުރުމުގެ ގޮތުން އޭނާ ކޯވިޑް އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދިނީ ކަމަށެވެ.

ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ލަފާކޮށްފައި ވަނީ ކެޓްރީނާ ރާއްޖެއިން އެނބުރި ދިއުމަށްފަހު ކުރިއަށް ހުރި މަސައްކަތް ތަކަށް ނުކުތުމަށް ކޯވިޑަށް ޓެސްޓު ކުރީ ކަމަށެވެ.

ސާމްޕަލް ދިނުމަށްފަހު ހިނިތުން ވުމަކާއި އެކު ފެންނަ ކެޓްރީނާގެ މި ވިޑިއޯއަށް މިހާރުވެސް މިލިއަނަކަށްވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ. ކެޓްރީނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް 45 މިލިއަން މީހުން ފޮލޯ ކުރަމުން ގެންދެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކުރިއަށްވެސް ގިނަ މަސައްކަތްތަކެއް ހުރި ކެޓްރީނާ ފާހަގަ ވަނީ ކޯވިޑްގެ ލޮކްޑައުން އަށްފަހު އެންމެ ބިޒީވާނެ ބޮލީވުޑްގެ އަންހެން ސްޓާރުގެ ގޮތުގައެވެ. އެހެން ކަމުން ރާއްޖޭގައި އޮތް ފޮޓޯޝޫޓާއެކު ކޮންމެވެސް ވަރެއްގެ ޗުއްޓީއެއް ކެޓްރީނާ ވަނީ ރާއްޖޭގައި ހަދާލާފައެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކެޓްރީނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި، ރޯހިތު ޝެއްޓީގެ "ސޫރްޔަވަންޝީ" ގައި އޭނާ ފެނިގެންދާނީ އަކްޝޭ ކުމާރާއި އެކުއެވެ. މީގެ އިތުރުން އިޝާން ކައްޓަރާއި ސިދްހާންތު ޗަތުރުވެދި އާއިއެކު "ފޯން ބޫތު" ގެ މަސައްކަތް ވެސް ކުރިއަށް އެބައޮތެވެ. މީގެ އިތުރުން އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ބަހާރަތު" ގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރްގެ ކުރިއަށްއޮތް ފިލުމުގައި ސުޕަރ ވުމެންއެއްގެ ގޮތުގައި ވެސް އޭނާ ފެންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.