އާރިޔަން އަލަތު ޕްރޮޖެކްޓަށް ތައްޔާރު

އާރިޔަން އަލަތު ޕްރޮޖެކްޓަށް ތައްޔާރު

Author
ފާތިމަތު ނާވީ
09 ޑިސެމްބަރ 2022 03:19
0

ބޮލީވުޑްގައި ރަސްކަން ކުރަމުން އަންނަ އެކްޓަރު ޝާހުރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރިއަން ޚާން ބޮލީވުޑްގެ ފުރަތަމަ ޕްރޮޖެކްޓަށް ތައްޔާރުވެއްޖެ އެވެ.

ކޮއްކޮ ސުހާނާ ޚާނާ ހިލާފަށް އެކްޓިން އަށް ނުކުތުމުގެ ބަދަލުގައި މިދާއިރާއިން އާރިޔާން ކުރިއަށް ދާން ބޭނުންވަނީ ލިޔުންތެރިއެއްގެ ގޮތުގައިއެވެ. އަދި އޭނާ އަންންނަނީ މިކަމުގެ މަސަކަތް ވަރަށް ބުރަކޮން ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

24 އަހަރުގެ ޒުވާނާ ވެބް ސީރީޒަކަށް ސްކްރިޕްޓެއް ލިޔަމުން އަންނަ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައިވާ އިރު، އިއްޔެ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ވަނީ ސްކްރިޕްޓް ނިންމާލި ވާހަކަ ހިއްސާކޮށްފަ އެވެ.

އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާ ބުނީ ވާހަކަ/ސްކްރީންޕްލޭ ލިޔެ ނިމިއްޖެ ކަމަށާއި ދެން އޮތީ ޝޫޓިން ފެށުން ކަމަށެވެ. އޭނާގެ ފުރަތަމަ މަސައްކަތަކަށް ވާނީ އާއިލީ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީ އެންޓަޓެއިންމެންޓުން އުފައްދާ އެއްޗަކަށެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

އާރިޔަން ތައްޔާރު ކުރި ސްކްރިޕްޓް ޑައިރެކްޓް ކުރާނީ އޭނާ ކަމަށްވެއެވެ. އަދި މިހާރު ޓެސްޓް ޝޫޓް ތަކެއްވެސް ޖައްސައިފައިވާކަމަށް ވެއެވެ. އާރިޔަން އުފައްދަނީ ވަރަށް ބޮޑަށް ޒުވާނުންނާއި ގުޅޭ ކަހަލަ އެއްޗެއްކަމަށް ވެއެވެ. ނަމަވެސް އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

އަރިއަން ފިލްމީ މަސައްކަތް ފަށައިގަންނަ އިރު، ކޮއްކޮ ސުހާނާ ޚާން އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ އެވެ. އުމުރުން 22 އަހަރުގެ ސުހާނާ މިހާރު އަންނަނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދި އާޗީސް" ގެ މަސައްކަތްކުރަމުންނެވެ.

އާރިޔަން ވަނީ ޔުނިވާސިޓީ އޮފް ސަދާން ކެލިފޯނިއާ އިން ފައިން އާޓްސް، ސިނެމެޓިކް އާޓްސް އަދި ޓެލެވިޒަން ޕްރޮޑަކްޝަން އިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.