އޭއައި ގުޅުވާލެވިފައިވާ ސިރީއާއެކު މަސައްކަތްކުރާ އާ ސްމާޓް ހޯމް އުފެއްދުންތަކެއް، އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ޙަރަކާތެއްގައި އެޕަލްއިން ދައްކާލައިފިއެވެ.
މީގެ ތެރޭގައި އައިޕެޑާ ވައްތަރު ފަރުމާއެއްގައި ހަދާފައިވާ "ހޯމްވިއު" ޑިވައިސް ހިމެނެއެވެ. އަންނަ މަހު ބާޒާރަށް ނެރޭ މި ޑިވައިސްގެ އަގު ފެށެނީ 299 ޑޮލަރުންނެވެ. މި އަގަކީ އެމެޒޯން އެކޯ ޝޯ 8 (199.99 ޑޮލަރު) އާއި ގޫގުލް ނެސްޓް ހަބް (99.99 ޑޮލަރު) އަށްވުރެ މަތީ އަގެކެވެ. އީޔޫގެ ގަވާއިދުތަކާ ހެދި ސިރީ އޭއައި އެ ސަރަޙައްދުގައި ނުލިބޭތީ، ހޯމްވިއު އީޔޫގެ ޤައުމުތަކުގައި ނުވިއްކާނެއެވެ.
މީގެ އިތުރުން ހޯމްޕޮޑާއި އެޕަލް ޓީވީއަށް ވެސް އެޕަލްއިން ބަދަލުތަކެއް ގެނެސްފައިވެއެވެ. އާ އެޕަލް ޓީވީ 4ކޭގެ އަގަކީ 299 ޑޮލަރެވެ. އަދި އެޕަލްގެ އެހީގައި އެލްޖީއާއި ޝްނައިޑާ އިލެކްޓްރިކުން ވެސް އެކްސެސަރީތަކެއް ތަޢާރަފުކޮށްފައިވެއެވެ.
މި ޚަބަރާއެކު އަންގާރަ ދުވަހު އެޕަލްގެ ހިއްސާގެ އަގު 1.6 އިންސައްތަ އަރާފައިވެއެވެ. މިއަހަރު މިހާތަނަށް އެޕަލްގެ ހިއްސާ 25 އިންސައްތަ ކުރިއަރާފައިވާއިރު، ނާސްޑެކް 100 ކުރިއަރާފައިވަނީ 21 އިންސައްތައެވެ.
ކޮމެންޓު ފޮނުވާ