ސަލްމާން ތަފާތު ފޮޓޯއަކާއި އެކު "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ޝޫޓިން ނިމުނުކަން އިއުލާން ކޮށްފި

ސަލްމާން ތަފާތު ފޮޓޯއަކާއި އެކު "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ޝޫޓިން ނިމުނުކަން އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
06 ޑިސެމްބަރ 2022 08:12
0

ބޮލީވުޑްގެ ސުޕަސްޓަރ ސަލްމާން ޚާން ގެ ކުރިއަށް އޮތް ފިލްމް "ކިސީކާ ބާއި ކިސިކީ ޖާން" ގެ ޝޫޓިންގ ނިމުނު އެކްޓަރުގެ އިންސްޓަގްރާމްގައި ތަފާތު ފޮޓޯއަކާއި އެކުގައި ހިއްސާކޮށްފިއެވެ.

ފިލްމުގެ ޝޫޓިން ނިންމާލިކަން އިއުލާނުކޮށް އޭނާ ވަނީ ސެޓުގައި ނަގާފައިވާ އޭނާގެ ފޮޓޯއެއް އާންމުކޮށްފައެވެ. ދިގު އިސްތަށި ގަނޑަކާއި އެކުގައި ވަރަށް ތަފާތު ޕްރިންޓެއްގެ ޖެކެޓެއްގައި ސަލްމާން ފެންނަނީ ވަރަށް ތަފާތު ގޮތަކަކަށެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ. މީގެ އިތުރުން އޭނާ އާއި ކެޓްރީނާ ކައިފް ލީޑުން ފެންނަ 'ޓައިގާ 3′ ވެސް އަންނަ އަހަރު ރިލީޒް ކުރާނެ އެވެ. މިއަހަރު ސަލްމާންގެ އެއްވެސް ފިލްމް އެއް ރިލީޒް ކޮށްފައެއް ނުވެއެވެ.

ފަރުހާދު ސަމްޖީ ޑައިރެކްޓުކުރާ މި ފިލްމުގައި ސަލްމާނާއި ޕޫޖާގެ އިތުރުން ހިމެނޭ އިތުރު ތަރިންގެ ތެރޭގައި ޖޭސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގަމް އަދި ބިގްބޮސް ސީޒަން 13 އިން ވިދާލި ޝެހެނާޒް ގިލްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.