މަލައިކާގެ އައިޓަމް ލަވަ ކަމަކު ނުދިއަ

މަލައިކާގެ އައިޓަމް ލަވަ ކަމަކު ނުދިއަ

Author
ފާތިމަތު ނާވީ
02 ޑިސެމްބަރ 2022 10:19
0

ކުރީގެ މަޝްހޫރު "އައިޓަމް ގާލް" ގެ ގޮތުގައި މަޝްހޫރު މަލައިކާ އަރޯރާ ގިނަ ދުވަސް ތަކަކަށް ފަހު ކުޅުނި އައިޓަމް ސޯންގް ކަމަކު ނުދިއައެވެ.

މި މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އަޔޫޝަމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ހިމެނޭ މި ލަވައަކީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމުގައިވާ "އާޕް ޖޭސާ ކޮއި" ގެ ރިމޭކެކެވެ.

މިއީ އެ ނަމުގައި ކުރިން ގެނެސްދީފައިވާ މަގުބޫލު ޑިސްކޯ ސްޓައިލް ލަވައިގެ އާ ވާޝަނެކެވެ. ކުރީގެ ލަވަ ހިމެނެނީ 1980 ގެ ފިލްމު "ގުރުބާނީ" ގަ އެވެ. އޭގެ ތަރިންނަކީ ޒީނަތު އަމަން އާއި ފީރޯޒް ޚާންގެ އިތުރުން ވިނޯދު ކަންނާ އެވެ.

ޒީނަތު އަމަން ގެ ފަރިނެށުން ފެނިގެންދިއަ މި ލަވަޔަކީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ނާޒިއާ ހަސަން ބޮލީވުޑް ފިލްމަކަށް ކިޔައިދިން ފުރަތަމަ ލަވަ ވެސް މެއެވެ. ނަމަވެސް މި ލަވަ މި ވަނީ ވަރަށް ބޮޑަށް ފުއްގަނޑެއް މޮޑޭހެން މޮޑެފައި ކަމަށް ލަވައިގެ ފޭނުން ދަނީ ބުނަމުނެނވެ.

ގިނަބަޔަކު އަންނަނީ ލަވަ ޒަމާނަށް ފެއްތި ގޮތް ކަމުނުގޮސްގެން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. ވަރަށް ބޮޑަށް ލަވައަށް ފާޑު ކިޔަމުން  ޓުވީޓެއްގައި ޝުއޫރު ފާޅުކުރި މީހަކު ބުނެފައިވަނީ ސިފަ ކ މިއީ "ތާރީޚީ ލަވައެއް ގަތުލުކުރުން" ކަމަށެވެ. އަދި  އޭނާ މި ރިމޭކް ސިފަކުރީ އަގުބޮޑު ބިރިޔާނިއެއްގެ މައްޗަށް ނަޓެއްލާ އަޅައިގެން ކެއުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

އަދި ލަވައަށް ވަރަށް ބޮޑަށް ބަދަލުގެނެސް ލަވަ ހުތުރު ކޮށްފައިވާކަމަށާއި ކޮޕީ ކުރުން ނޫން ގޮތެއް ބޭނުން ވާކަމަށްވެސް ބުނެފައިއެއެވެ. ގިނަބަޔަކަށް ލަވައިގެ އިތުރުން މިގެ ވީޑީއޯވެސް ކަމަކު ނުދިއައެވެ. މަލައިކާގެ ޑާންސް އަދި ހެދުން އެޅުންވެސް ކަމަކު ނުދިއައެވެ.

މާ ނިވާކަން ކުޑަ ހެދުން އަޅައިގެން ހުރި ކަމަށާއި ލަވައިގެ ނެށުން ގަނޑު ކަމު ނުދާ ކަމަށް ވެސް ބުނެފައިއެވެ. އަދި މަލައިކާ އަށް މިހާރު އައިޓަމް ސޯންގ ނުގުޅޭ ކަމަށް ބުނެފައިވެއެވެ.

މަލައިކާ އަކީ ސުޕަ މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މީހެކެވެ. އެފަހުން އޭނާ ވަނީ "ދިލް ސޭ" ގެ "ޗައްޔާ ޗައްޔާ" އާއި "ދަބަންގް" ގެ "މުންނީ ބަދުނާމު ހުއީ" ފަދަ ބެލުންތެރިން ނަން ވަރަށް ކަމުދިއަ އަދި އެހާމެ ހިޓް 'އައިޓަމް ސޯންގް' ތަށް ކުޅެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢުންމަށް ފިތުނަވެއްޖެ
ކަލެއަށް ކަމުދިޔަސް އެންމެނަށް ކަމުދާކަށް ނުޖެހޭ ، ލަދެއްވެސް ނުގަނޭދޯ ތިޔަފަދަ ބަރަހަނާ ފޮޓޯ ޝާއިރު ކުރަން ، ނޫސްވެރިންނޯ