ހޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ޓޮމް ހޮލަންޑާއި ޒެންޑާޔާ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރައްޓެހިވެގެން އުޅޭތާ އަހަރެއްހާ ދުވަސްވެފައިވާ މި ދެ ތަރިން މިހާރު އެ މީހުންގެ ގުޅުމާއި މެދު ވަރަށް ސީރިއަސް ކަމަށާއި، މިހާރު ވެސް ކައިވެނީގެ ޕްލޭންތައް ކުރިއަށްދާ ކަމަށްވެއެވެ. އަދި މާ ލަސްތަކެއް ނުވެ ޓޮމް އާއި ޒެންޑާޔާގެ ކައިވެނި ފެނިގެން ހިނގައިދާނެ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.
ޓޮމް، 26، އާއި ޒެންޑާޔާ، 26، ގެ ކައިވެނި ވަރަށް އަވަހަށް ފެންނާނެ ކަމަށް މީޑިއާތަކުން ބުނިނަމަވެސް މިކަމާ ބެހޭ ގޮތުން ދެ ތަރިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޓޮމް އާއި ޒެންޑާޔާ ވަނީ "ސްޕައިޑަ-މޭން" ގެ 3 ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އާއި 2019 ވަނަ އަހަރު ދެއްކި "ފާ ފްރޮމް ހޯމް" ގެ އިތުރުން 2017 ވަނަ އަހަރު ދެއްކި "ހޯމްކަމިން" އެވެ.
އެމެރިކާގެ ބަތަލާ ޒެންޑާޔާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޗެލެންޖާސް" އާއި "ޑޫން: ޕާޓް ޓޫ" ހިމެނެ އެވެ. މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން "އެންޗާޓާޑް" ގެ ތަރި ޓޮމްގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ އެމެރިކާގެ ކުރީގެ ފަންނާނު ފްރެޑް އެސްޓެއާގެ ބައޮގްރަފިކަލް ޑްރާމާއެވެ.
ކޮމެންޓު ފޮނުވާ