ކުރީގެ ރައީސް ނަޝީދުކަމަށް ބުނާ، ޓްވީޓަރ އެކައުންޓު ޙަސަން ކުރުސީއަށް އަމާޒުކުރައްވައި އޭނާ 50 މީހުން ގަތުލު ކުރަން ރޭވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ސޯޝަލް މީޑިއާގައި ވިދާޅުވި ވިދާޅުވުމަކީ އާދައިގެ ވާހައެއް ނޫންކަމަށާ، އެކަމުގެ ހަޤީޤަތް ސާފުވާނެޖެހޭކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މަވޯޓާގެ ޓްވިޓަށް އިޝާރާތްކުރައްވައި ޢަލީ ޒައިދު ވިދާޅުވީ، ކޮންމެވެސް ބޭފުޅަކު ކޮންމެވެސް 50 މީހަކު މަރާލަން އުޅުނުކަމަށް ރަށުތެރޭގައި މިކިޔާ ވާހަކައިގެ ހަޤީޤަތަކީ ކޮބައޮތޯ؟ އަދި މިއީ ބިރުވެރި ވާހަކައެއް ކަމަށެވެ. ރައްޔިތުން ތިބީ މިކަމާ ކަންބޮޑުވެފައިކަމަށާ، މީގެ ދޮގުތެދު ސާފުވާންޖެހޭކަމަށެވެ.
ކޮންމެވެސް ބޭފުޅަކު ކޮންމެވެސް 50 މީހަކު މަރާލަން ޢުޅުނުކަމަށް ރަށުތެރޭ މިކިޔާ ވާހަކައިގެ ހަޤީޤަތަކީ ކޮބައިތޯ؟ މީ ހާދަ ބިރުވެރިވާހަކައެކޭ! ރައްޔިތުން ތިބީ ކަންބޮޑުވެފައި! މީގެ ދޮގުތެދު ސާފުވާންޖެހޭ!
— Ali Zaid (@alizaid1000) November 27, 2022
ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކީ ރައީސް ނަޝީދުގެ އެކައުންޓެއްކަމަށް، އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރެއެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހަސަން ކުރުސީގެ އެކައުންޓަކީ ޖިސްމާނީގޮތުން އެމަނިކުފާނު ނޫންކަމަށެވެ.
ހަސަންް ކުރުސީއަށް އިޝާރާތްކޮށް މަވޯޓާ ބަޔަކު މަރަން ރޭވިކަމަށ ވިދާޅުވީ، މަވޯޓާއަކީ މީގެ ކުރިން އެމްޑީޕީގެ އަންހެން މެމްބަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެޕާޓީން ވަކިކޮށްފައިވާ ބޭފުޅެއްކަން ހާމަކޮށް ކުރުސީ ޓުވީޓުކުރުމުންނެވެ. އެ ޓުވީޓުގައި ބުނީ މަވޯޓާ ޕާޓީން ވަކިކުރީ އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކަށް ޖަވާބުދާރީ ވާން އެންގުމުން އެކަމަށް އެއްވެސް އިޖާބައެއް ނުދީގެން ކަމަށެވެ.
މިކަމާ ގުޅިގެން ހަސަން ކުރުސީއަކީ ބަޔަކު މަރަން ރޭވި މީހެއްކަމަށް މަވޯޓާ ތުހުމަތުކުރިއެވެ.
It was true that @HKursee had planned to kill 50 people and then put the blame on MAG. The MDP parliamentary group passed a resolution to prevent the violence n asked foreign leaders help prevent it. It was intervention by those leaders that stopped him.
— Ibrahim Shareef (@AdduShareef) November 25, 2022
މަވޯޓާ ވިދާޅުވީ ކުރުސީ ވަނީ 50 މީހުން ގަތުލުކުރަން ރާވައި އަދިި އެޤަތުލުގެ އިލްޒާމު ކުރީގެ ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ރާވާފައިކަމަށެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީން މަސައްކަތްކުރި ދުވަސްވަރަށް އިޝާރާތްކުރައްވައި މަަވޯޓާ ވިދާޅުވީ ނަޝީދުގެ އެޢަމަލު ހުއްޓުވީ ބޭރުގެ ބައެއް ލީޑަރުން އެކަމުގެތެރެއަށް ވަދެގެންކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަމާ ދެކޮޅަށް ޤަރަރެއްވެސް ފާސްކުރިކަމަށް މަވޯޓާ ވިދާޅުވިއެވެ.
މަވޯޓާގެ މިވާހަތަކުގައި ރައީސް ނަޝީދުގެ އަސްލު ނަން ގެނެސްފައި ނުވެއެވެ. އެހެންނަމަވެސް އޭނާ އެއިޝާރާތްކުރައްވަނީ ރައީސް ނަޝީދަށްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.
މިހާރު ދެބައިވެފައިވާ އެމްޑީޕީގައި މަވޯޓާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރާ ފެކްޝަނުގެ ބޭފުޅެކެވެ.