"ގޯވިންދާ މޭރާ ނާމް" ގެ ޓްރެއިލާ ދައްކާލައިފި

"ގޯވިންދާ މޭރާ ނާމް" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
26 ނޮވެމްބަރ 2022 06:31
0

ބޮލީވުޑްގެ ހުނަރުވެރި ޒުވާ އެކްޓަރު ވިކީ ކޯޝަލްގެ ކުރިއަށް އޮތް ފިލްމު "ގޯވިންދާ ނާމް މޭރާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ މި އަހަރުގެ ޖޫން 10 ގައި ސިނަމާތަކަށް ގެނެސްދޭން ކުރިން ޕްލޭންކުރި ފިލްމެކެވެ. ނަމަވެސް ބޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމް "ގޯވިންދާ ނާމް މޭރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރއަށް މިހާރު ވަނީ ވިއްކާލާފައެވެ. މި ފިލްމް ވަނީ އަންނަ މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމާފައިއެވެ.

އެހެންނަމަވެސް ފިލްމު ޕްރިމިއާ ކުރާނެ ތާރީހެއް އަދި ރަސްމީކޮށް ހާމައެއްނުކުރެ އެވެ. ފިލްމު ސްޓްރީމިން އަށް ދޫކޮށްލަން ނިންމިކަން އިއުލާންކުރީ ކަރަން އާއި ވިކީގެ ވީޑިއޯއަކުންނެވެ. މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

މިދުވަސްވަރު ބޮޑު ސްކްރީނުގައި އަޅުވަން ރަނގަޅު ފިލްމެއް ނޫން ކަމަށް ބުނެ ވިކީ ކޯޝާލް، ކިއަރާ އަދުވާނީ އަދި ބޫމީ ޕަޑްނޭކަރް ލީޑުން ފެނިގެންދާ މި ފިލްމު އޮންލައިން ޕްލެޓްފޯމަކަށް ވިއްކާލާފައި ވާއިރު، ފިލްމް ގެ ޑިޖިޓަލް ރައިޓްސްގެ އަގަކީ 42 ކްރޯޑް ރުޕީސް އަދި ސެޓެލައިޓް ރައިޓްސްގެ އަގަކީ 20 ކްރޯޑް ރުޕީސްއެވެ.

"ގޯވިންދާ ނާމް މޭރާ" އަކީ ދަރުމާ އިން މި އަހަރު ގެނެސްދޭ ފަސް ވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ" އެވެ. އޭގެ ކުރިން ރިލީޒްކުރި ފިލްމުތަކުގެ ތެރޭގައި ވިޖޭ ދެވަރަކޮންޑާގެ "ލައިގާ" އާއި ވަރުން ދަވަންގެ "ޖުގް ޖުގް ޖިއޯ" އަދި ދީޕިކާ ޕަދްކޯންގެ "ގެހަރާއިޔާ" ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.