ހަގީގީ ހާދިސާ އެއްގެ މައްޗަށް ގެނެސް ދޭ ފިލްމް "މިޝަން މަޖްނޫ" އޯޓީޓީ ގައި ރިލީޒްކުރަން ނިންމައިފިއެވެ. މި ފިލްމު ރިލީޒްކުރާނީ ނެޓްފްލިކްސް އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
މި ފިލްމްގައި ސިދާތާއި އެކު ފެނިގެން ދާނީ ސައުތުގެ އެކްޓްރެސް ރަޝްމީކާ މަންދަނަ އެވެ. ރަޝްމީކާ އަކީ ޓެމިލް ފިލްމް އިންޑަސްޓްރީގައި އޭ ލިސްޓްގެ ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.
މިހާރަކަށް އައިސް ޓަމިލް އިންޑަސްޓްރީގެ ތަރިން ބޮލީވުޑަށް ނުކުންނަ ވަރު އަންނަނީ އިތުރު ވަމުންނެވެ. ސިދާތު މި ފިލްމުގައި ސްޕައި އެއްގެ ރޯލު ކުޅޭ އިރު އޭނާ ވަނީ މިދިއަ އަހަރު ޑިސެމްބަރުގައި މި ފިލްމްގެ ފަޝްޓުލުކް ދައްކާލައިފައެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ޝަންތަނޫ ބަގްޗީއެވެ. ފިލްމް ގެ ޕްރޮޑިއުސަރުންނަކީ ރޯނީ ސުކުރުވާލާއި އަމްރު ބުޓާލާ އަދި ގަރީމާ މެހްތާ އެވެ.
މި ފިލްމު އޯޓީޓީގެ ރިލީޒްކޮށްފިނަމަ، މި ފިލްމު ވާނީ އޯޓީޓީގައި ރިލީޒްކުރާ ސިދާތުގެ ދެވަނަ ފިލްމަށެވެ. އޯޓީޓީގައި ރިލީޒްކުރި އޭނާގެ ފުރަތަމަ ފިލްމަކީ ޕްރައިމް ވީޑިއޯ އިން ރިލީޒްކުރި "ޝޭރްޝާހް" އެވެ. ލޯބިވެރިޔާ ކިއަރާ އަދުވާނީ އާއެކު ސިދާތު ފެނުނު މި ފިލްމަކީ ހިޓެކެވެ.
ސިދާތު އެންމެ ފަހުން ފެނުނީ މިދިޔަ އޮކްޓޫބަރު މަހު 25 ވަނަ ދުވަހު ރިލީޒްކުރު ފިލްމު "ތޭކްން ގޯޑް" އެވެ. ސިދާތުގެ އިތުރުން އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތް ސިންގްވެސް މި ފިލްމުން ފެނުނެވެ.
ކޮމެންޓު ފޮނުވާ