ބޮލީވުޑްގެ ކުރީ މަޝްހޫރު ފިލްމީތަރި ތަބައްސުމް މަރުވެއްޖެ އެވެ.
78 އަހަރުގައި ތަބައްސުމް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އޭނާގެ ދަރިފުޅާއި ހަވާލާދީ ނޫސްތަކުން އަންނަނީ ބުނަމުންނެވެ. މަރުވި އިރު އޭނާގެ ޔޫޓިއުބް ޗެނަލްގައި 'ތަބައްސުމް ޓޯކީސް’ގެ ނަމުގައި ވެސް ޝޯއެއް ދިޔައީ ގެނެސްދެމުންނެވެ.
ތަބައްސުމް އޭނާގެ ފިލްމީ ކެރިއަރު ފެށި އުމުރުން އެންމެ ތިން އަހަރުގައިއެވެ. ޗައިޑް އާޓިސްޓެއްގެ ގޮތުގައި ފެށި އޭނާގެ ފިލްމީ ކެރިއަރު ވަރަށް އުޖާލާއެވެ. މީގެ އިތުރުން ތަބައްސުމް އަކީ ވަރަށް މަގުބޫލު ހޯސްޓެއްވެސް މެއެވެ.
އެގޮތުން އޭނާ ވަނީ 'ދޫރްދަރްޝަން' ގެ މަޝްހޫރު ޝޯވ އެއް ކަމުގައިވާ "ޕޫލް ކިލޭހޭ ގުލްޝަން ގުލްޝަން" ހުށައަލައިދީފައިއެވެ. ސެލެބްރިޓީ ޓޯކް ޝޯއެއްގެ ގޮތުގައި 1972 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް ގެނެސްދިން އެ ޝޯ ބޮލީވުޑްގެ ތަރިންގެ މެދުގައި ވެސް މަގުބޫލުވި އެވެ. ހާއްސަކޮށް އޭނާގެ އިންޓަވިއު ކުރުމުގެ ވައްޓަފާޅި ފިލްމީ ތަރިންނަށް ކަމުދިޔަ އެވެ.
އޭނާގެ ފުރަތަމަ ފިލްމަކީ 1947 ވަނަ އަހަރު ނެރުނު 'ނަރުގިސް' އެވެ. އޭގެ ފަހުން 'މޭރޭ ސުހާގު’، 'ބަޅީ ބެހެން’، 'ދީދާރު' އަދި ސްވާގު ފަދަ ފިލްމުތަކުން ވެސް އޭނާ ފެނުނެވެ.
ކޮމެންޓު ފޮނުވާ