އައިޓަމްގެ ގާލް ނޯރާގެ ލަވައެއް

އައިޓަމްގެ ގާލް ނޯރާގެ ލަވައެއް

Author
ފާތިމަތު ނާވީ
20 ނޮވެމްބަރ 2022 07:27
0

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް 'އައިޓަމް ގާލް' ނޯރާ ފަތޭހީ ގެ އައު ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިއެވެ.

މި ލަވަ އަކީ އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އަޔޫޝްމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ހިމެނޭ ލަވައެކެވެ. ތަނިޝްގް ބަގްޗީ މިއުޒިކާ ކުޅެފައިވާ މި ލަވަ އަކީ ކުރީގެ މަގުބޫލު ލައެއް ކަމަށްވާ "ޖޭދާ ނަޝާ" ގެ އާ ވާޝަނެކެވެ.

މިޒަމާނަށް ފައްތައިގެން ވަރަށް ފޯރިގަދަ ނެށުންތަކަކާއި އެކުގައި ހަދައިފައިވާ މި ލަވައިގައި ފިލްމްގެ ހީރޯ އަޔުޝްމާން އާއި އެކު ނޯރާ ފެނިގެންދަނީ ވަރަށް ފުރިހަމަކޮންނެވެ.

ނޯރާ އާއި އަޔޫޝްމަންގެ ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ ލަވަ ކިޔާފައި ވަނީ އަމަރު ޖަލާލާއި އައިޕީ ސިންގް އާއި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ އިތުރުން ހަރްޖޯތު ކޯރެވެ.

"އެން އެކްޝާން ހީރޯ" އަކީ ބޫޝަން ކުމާރުގެ ޓީ ސީރީޒާއި ޑައިރެކްޓަރު އާނަންދު އެލް ރާއީ ގުޅިގެން އުފައްދާ ފިލްމެކެވެ. އިންޑިއާއާއި އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ "އޭން އެކްޝަން ހީރޯ" ގެ ޑައިރެކްޓަރަކީ އަނިރޫދް އައްޔަރެވެ.

މީގެ ކުރިން އޭނަ ފެނިފައި ނުވާ ފަދަ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމަކީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމްއެކެވެ.

މި ފިލްމްގެ ކާސްޓްގައި އަޔުޝްމާންގެ އިތުރުން ޖައިދީޕް އަހުލުވާތު އާއި ޖިތެންދުރަ ރާއީގެ އިތުރުން އިންޑިއާ އިން ބޭރުގެ ގިނަ ފަންނާނުންތަކެއް ވެސް ހިމެނެ އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އަންހެނުންނާއި ބެހޭ ޚާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރެއްގެ ގޮތުގައި ފެނިގެންދިއަ ފިލްމް "ޑޮކްޓާ ޖީ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.