ވާރލްޑް ކަޕް ބެލުމަށް އެޗްޑީސީން ބަހައްޓާ ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ދަނީ

އެޗްޑީސީން "ބޯޅަފޯރި"ގެ ނަމުގައި ވޯލްޑް ކަޕް ބެމުމަށް ބޮޑު ސްކްރީން ބަހައްޓަނީ

އެޗްޑީސީން "ބޯޅަފޯރި"ގެ ނަމުގައި ވޯލްޑް ކަޕް ބެމުމަށް ބޮޑު ސްކްރީން ބަހައްޓަނީ

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ހުޅުމާލެގައި ދެއްކުމުގެ ގޮތުން ޕާޓްނަރުންނާއިއެކު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިގޮތުން، މެއިން ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ސްޓެލްކޯ، އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި މިހާރު އޮންލައިން، ބެވެރެޖް ޕާޓްނަރުގެ ގޮތުގައި ކޮކާކޯލާ، ޕްރިންޓިންގ ޕާޓްނަރުގެ ގޮތުގައި ތިންކް އަދި ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ވެލިގާ ހާޑްވެއަރ ހަމަޖެއްސުމަށް މިއަދު އެޗްޑީސީން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އެޗްޑީސީން މިހާރުވަނީ ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ބޯޅަފޯރީގެ ނަމުގައި ބޮޑު ސްކްރީން ބެހެއްޓުމުގެ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.

ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތުގައި ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރި ވަނީ

މިގޮތުން މިފަހަރު "ބޯޅަފޯރި" ފޯރިގަދަކޮށް ހުޅުމާލެގައި ބޭއްވުމުގެ އިންތިޒާމުތަކެއްވެސް އެޗްޑީސީން ވަނީ ހަމަޖެހިފައިވެއެވެ. މި އިންތިޒާމްތަކުގެ ދަށުން، ހުޅުމާލެގެ ދެ ސަރަހައްދެއްގައި  20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑްކަޕް މެޗުތައް އެޅުވުމަށް އެޗްޑީސީން ނިންމާފައިވާކަން އެ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ. އެޗްޑީސީން ނިންމާފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އެއް ސްކްރީން އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ސްކްރީން ބެހެއްޓުމަށެވެ.

އެޗްޑީސީން ހާމަ ކޮށްފައި ވާގޮތުގައި، މިއީ ހުޅުމާލެގެ ފޭސް1 އަދި ފޭސް 2ގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވޯލްޑްކަޕް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބެހެއްޓޭ ސްކްރީންތަކެކެވެ.

އެޗްޑީސީން ވިދާޅުވާ ގޮތުގައ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އަދި އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެކަންކަން ފަހިކޮށްދިނުމުގެ ގާތުން މަސައްކަތް އެ ކުންފުނިން އަބަދުވެސް ދާކަމުގައި ހާމަ ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *