އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުން ތެރިއާ ސާނިއާ މިރްޒާ އާއި ޕާކިސްތާންގެ ކްރިކެޓް ތަރި ޝޮއޭބް މަލިކުގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާއި އެކުގައި އެމީހުންގެ އަމާން އޮމާން ޒަވާޖީ ހަޔާތުގައި ޖެހުނު ކުންޔަކީ ކޮބައިތޯ ބެލުމުގެ ޝައުގުވެރިކަން ސަޕޯޓަރުންގެ މެދުގައި ބޮޑުވެގެން ދިއައެވެ.
އަދި ވަރަށް ލޯބިން އުޅޭ މިދެމަފިރިން ވަރިވަނީ ޝޮއެބް ބޭވަފާތެރިވެގެން ކަމަށް ވެސް ގިނަބަޔަކު ގަބޫލު ކުރިއެވެ. ސަބަބީ ސާނިއާ ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖެވެ. ޝޮއޭބްގެ ބޭވަފާތެރިކަން ފަޅާއެރުން ސާނިއާ ވަނި އޭނާގެ އުދާސްތަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިއެވެ. އެގޮތުން އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިތް ހަލާކުވުމުން ދާނީ ކޮންތާކަށްތޯ؟ އެވެ.
އެއާއި އެކުގައި ސަޕޯޓަރުން ޝޮއެބް ގެ ބޯކޮޅު ބަލަމުން ދަނިކޮން މިވަނީ އޭނާގެ ހަޔާތުގައި އިތުރު އަންހެނަކު ޝާމިލް ވާކަން ފަޅައި އަރައިފައިއެވެ. އަދި އެއީ މަޝްހޫރު ސެލްބްރިޓީ އެކްޓަރެސް/ މޮޑެލް އައިޝާ އޮމެރް އެވެ.
ގިނަ ބަޔަކު ވަނީ އައިޝާ އަކީ ދެމަފިރިރންގެ ދެމެދަށް ވަންނަ މީހެއް ކަމަށްބުނެ ވަރަށް އެއްޗިހިކިޔައި ސޯޝަލް މީޑީއާގައި އޭނާ އާއި ދިމާ ކޮށްލައިފައިއެވެ. އަދި އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށްވެސް ވަނީ ބުނެފައިއެވެ.
ސާނިއާ އާއި ޝޮއޭބް ކައިވެނި ކުރީ 2010 ވަނަ އަހަރުގައިއެވެ. އަދި މި ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައިއެވެ. އެއީ މިހާރު 4 އަހަރުގެ އިޒާން މިރްޒާ މާލިކް އެވެ. މީ މެދެމީހުންގެ ވެސް ހުރި ހަމަ އެކަނި ދަރިފުޅެވެ.
ސާނިއާ މިހާރު ދިރިއުޅެމުން އަންނަނީ ދުބާއީގައިއެވެ. ޓެނިސްގެ އިތުރުން ސާނިއާ އަކީ ބައެއް އިޝްތިހާރު ތަކުން ވެސް ފެންނަ މީހެކެވެ. އަދި އޭނާ އަކީ ބޮޮލީވުޑްގެ ގިނަ ތަރިންނާއި ވަރަށް ގާތް ގުޅުންވެސް އޮންނަ ކުޅުން ތެރިއެކެވެ.
ކޮމެންޓު ފޮނުވާ