ވިހޭފަހުން އެންމެ ހެލްޕް ލިބެނީ ކަރީނާގެ ފަރާތުން: އާލިއާ

ވިހޭފަހުން އެންމެ ހެލްޕް ލިބެނީ ކަރީނާގެ ފަރާތުން: އާލިއާ

Author
ފާތިމަތު ނާވީ
17 ނޮވެމްބަރ 2022 06:40
0

ވިހޭފަހުން އެންމެ ބޮޑަށް އެހީތެރިކަން ލިބެމުންދަނީ ކަރީނާ ކަޕޫރުގެ ފަރާތުން ކަމަށް ބޮލިވުޑްގެ ތަރި އާލިއާ ބަޓް ބުނެފިއެވެ. އާލިއާ އަށް ދަރިއަކު ލިބުން ކަން އިއުލާން ކުރީ މިމަހުގެ 6 ވަނަ ދުވަހުގައިއެވެ.

ވިހެއުމާގައި ގުޅިގެން ހަށިގަނޑާއި މިހާއަށް އަންނަ ގިނަ ބަދަލުތަށް އާލިއާވެސް އަންނަނީ ތަހައްމަލު ކުރަމުންނެވެ. އެއީ ނެޗުރަލް ކަންކަމެވެ. ނަމަވެސް އަލަތު މަންމަ އަކަށް ވުމުން ކަންކަމާއި ކުރިމަތި ލުމާއި ކަން ކުރަންވީ ގޮތުގެ އިރުޝާދު ދިނުމުގައި އެންމެ އަވަދިނެތި އުޅެނީ ފިލްމީތަރި ކަރީނާކަމަށް ހަބަރުތަށް ވަނީ ބުނެފައިއެވެ.

ދެ ކުދިންގެ މަންމަ ކަރީނާ މިވަގުތު ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމްގެ ޝޫޓިންގ ގައި ލަންޑަންގައިއެވެ. އޭނާ ދިއައީ ހަގު ދަރިފުޅު ޖެއިވެސް ގޮވައިގެންނެވެ. ކަރީނާ އައި އެކްޓަރު ސައިފް އަލީ ހާން އަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައިއެވެ.

ކަރީނާ އަންނަނީ އާލިއާ ބަނޑުބޮޑުވީންސުރެވެސް އެކި އެކި ކަންކަމުގައި އާލިއާ އަށް އެހީތެރި ވަމުނެވެ. އަދި ތަފާތު އިރުޝާދު ތަށް ވެސް ދެމުނެނެވެ. އަދި އެއާއި އެކުގައި އެދެމެދުގައި އޮތް ގުޅުން ވަނީ ވަރަށް ބަދަހިވެފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އާލިއާ އާއި ރަންބީރު ކަޕޫރު ކައިވެނި ކުރީ މިއަހަރުގެ އެޕްރިލް މަހުގެ ތެރޭގައިއެވެ. އަދި އެމީހުންނަށް އަލަތު ދަރިއަކު ލިބުނީ ކައިވެންޏަށް 7 މަސްވެސް ނުވަނީހެނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނ
ދުވަސް ނުފުރާވިހެއީ ދޯ .