ހުނަރުވެރި ބަތަލާ ތާބޫ އަކީ ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އަދި އެންމެ ކާމިޔާބު އެއް ބަތަލާ ކަމާ މެދުގައި އެއްވެސް ޝައްކެއް ނެތެވެ.
ތާބޫ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކާމިޔާބު ފިލްމް "ބޫލްބުލައްޔާ 2″ އިންނެވެ. އެ ފިލްމްގައި އޭނާ ކުޅެފައިވާ ޑަބަލް ރޯލަށް ވަނީ ބެލުންތެރިން ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.
ބޮލީވުޑްގައި ކިތަންމެ ކާމިޔާބު ނަމަވެސް ތާބޫ އޭނާގެ ޕާސަނަލް ވާހަކަތައް މީޑީއާ އާއި ހިއްސާ އެއް ނުކުރެއެވެ. އެގޮތުން އޭނާގެ އަސްލު ނަންވެސް ގިނަ ބަޔަކަށް ނޭގެއެވެެ. އަދި އޭނާގެ އާއިލާ އާއި ބެހޭގޮތުންވެސް ގިނަ ބަޔަކަށް އެއްވެސް ކަމެއް ނޭގެއެވެ.
ތާބޫ އާއި އޭނާގެ ބައްޕަ އާއި ދެމެދުގައި މާ ވަރުގަދަ ގުޅުމެއް ނޯވެއެވެ. އަދި އޭނާގެ ނަމުގައި ބައްޕަގެ ނަން ނުހިމަނާ އެއްމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ތާބޫގެ ނަމަކީ ތަބައްސުމް ފާތިމާ ހާޝިމީއެވެ. ހާޝިމީ އަކީ އޭނާގެ ނަމުގައި ބައްޕައަށް ނިސްބަތްވާ ނަމެވެ. ނަމަވެސް އޭނާ އެނަން ބޭނުން ނުކުރެއެވެ.
ތާބޫ ވަރަށް ކުޑައިރުގައި އޭނާގެ މަންމަ އާއި ބައްޕަ ވަނީ ވަކިވެފައެވެ. އެ ފަހުން އޭނާ އުޅެމުން އައީ މަންމަ އާއިއެކުގައެވެ. އަދި އެއްވެސް ވަރަކަށް ބައްޕަ އާއި އޭނާ ބައްދަލެއް ނުކުރެއެވެ.
" އަހަރެން ބައްޕަ އާއި ބައްދަލެއް ނުކުރަން، އަހަރެންނަކީ އަހަރެން. ބޮޑުވެ މިހާރު އުޅެމުން މިދާ ދިރިއުޅުން އަހަރެން ވަރަށް ހިތްހަމަ ޖެހޭ، ބައްޕަގެ ނަން އަހަރެންގެ ނަމާއި ގުޅުވަންޖެހޭ ސަބަބެއް ނުވިސްނޭ. އެއީ ކުރަންޖެހޭ ކަމެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން."
– ތާބޫ
51 އަހަރުގެ ބަތަލާ ގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފަރަހާންޒް އާއި އޭނާގެ ބައްޕަ އާއި އޮންނަ ގުޅުން ރަނގަޅު ކަމަށާއި އަދި ބައްޕަ އާއި ބައްދަލު ކުރުމަށް ދާކަމަށްވެސް ތާބޫ ވަނީ ބުނެފައެވެ.
މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައި ނުވާ ބަތަލާ ވަނި އިންޑިއާގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ ޕަދްމަޝްރީ ވެސް ހާސިލްކޮށްފައެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ދްރިޝްޔަމް 2″އެވެ.