އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ އަންނަ އަހަރު މުރާޖައާ ކުރަނީ

އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ އަންނަ އަހަރު މުރާޖައާ ކުރަނީ

Author
ހުސެއިން
31 އޮކްޓޯބަރ 2022 11:10
0

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކި ފަރާތްތަކަށް ދެމުންދާ އެހީތައް 2023 ވަނަ އަހަރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގައި ފިނޭންސް މިނިސްޓަރ އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވފައި ތިބި ފަރާތްތަކަށް ފޯރިކޮށްދޭ އެހީތަށް އޭގެ އެންމެ ހައްގުވެރިފަރާތްތަކަށް އެކަށޭނެ މިންވަރެއްގައި ދިމުނަށްޓަކައި، އިޖްތިމާއީ ދާއިރާގެ ދަފްތަރެއް އެކުލަވާލައި ގިންތިތަކަށް ބަހާލައިގެން ދިނުމަށް ބަދަލުގެނައުމުގެ މަސައްކަތްތައް މިހާރު ކުރިޔަށް ދާކަމުގައެވެ.

މިގޮތުން ނިކަމެތިންނާއި، އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭ އެހީ ދެމުންދާގޮތް މުރާޖައާކޮށް، މި އެހީތަކަށް 434.9 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަމަށް މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިއަދު ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 3.9 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމުގައެވެ.

މިގޮތުން، އެއް ކަމަކަށް އެންމެ ބޮޑު ހޭދައެއް ސަރުކާރުން ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ސިއްހީ ހިދުމަތް ކަށަވަރުކުރުމަށް ކަމަށާއި، އާސަންދައަކީ ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ޔަގީންކަން ހޯދަދިން ނިޒާމެއްކަން ފާހަގަ ކުރައްވަމުން، 2023 ވަނަ އަހަރަށް މި ސްކީމަށް 1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އަދީ، މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި މި ނިޒާމުގެ ތެރޭގައި އިސްރާފުވުމަށް ހުރި ދޮރުތައް ބަންދުކޮށް ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ހިމަނާފައިވާ ވާނެކަން ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިގޮތުން، ނިޒާމުގެ ތެރެއިން ބޭސް ކަވަރ ކުރާ އަގު ނުވަތަ އާސަންދައިގެ ބޭސްލައިން އަގުތައް ބާޒާރުގެ އަގުތަކާ ޚިދުމަތް ދިނުމުގައި ހިނގާ ޚަރަދުތަކަށް ރިޢާޔަތްކޮށް މުރާޖައާ ކުރެވޭނެ ކަމަށެވެ.

އަދި ބޭހާއި މެޑިކަލް ކޮންސިއުމަބަލް ގެ އަގުތައް އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވޭނެ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވަނީ 43 ބިލިއަން ފުރިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުޜާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅުއްވި ބަޖެޓްގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިގާނެކަމަށް ލަފާކުރެވެނީ 40.6 ބިލިއަން ރުފިޔާ ކަމުގައެވެ.

އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިގާ 28.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ. މ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.