ބުރެޒިލްގެ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް ލޫލާ ކާމިޔާބު ކުރައްވައޮފި

ބުރެޒިލްގެ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް ލޫލާ ކާމިޔާބު ކުރައްވައޮފި

Author
ހުސެއިން
31 އޮކްޓޯބަރ 2022 04:53
0

ބްރެޒިލްގެ ވާދަވެެރި ރިޔާސީ އިންތިޚާބުގައި މިިހާރުގެ ރައީސް ބޮލްސޮނާރޯގެ މައްޗަށް ހަނި ތަފާތަކުން ކުރި ހޯއްދަވައިގެން، އެގައުމުގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

ބުރެޒިލްގެ އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ނަތީޖާ ދައްކާގޮތުން މިހާރުގެ ރައީސް ބޮލްސޮނާރޯގެ މައްޗަށް ލޫލާ ކާމިޔާބު ހޯއްދަވާފައިވަނީ ވޯޓު ލީމީހުންގެ 50.8 އިންސައްތަ ހޯއްދަވައިގެންނެވެ. ބޮލްސޮނާރޯއަށް ކާމިޔާބު ކުރެއްވިފައިވަނީ 49.2 އިންސައްތަ ވޯޓެވެ.

”ފުރަތަމަވެސް ހުރިހާ ބަތަލުންނަށް އަހަރެން ބޭނުމީ ޝުކުރު އަދާކުރަން. އަހަރެމެން ގުރާމަކުރީ އެންމެ ކެނށިޑޭޓަކާއެއް ނޫން. މުޅި ސަރުކާރުގެ މެޝިނަރީއާއި. އެމީހުން ބޭނުންވީ ނުހައްގުން އަހަރެމެންނަށް ކާމިބުވިޔަ ނުދޭން. ވޯޓު ލާންދިޔަ ހުރިހާ ފަރާތްތަކަށް އަހަރެން ބޭނުން ޝުކުރު އަދާކުރަން،“ 2003 އިން 2010 އަށް ބްރެޒިލްގެ ރައީސްކަން ކުރެއްވި ލޫލާ ވިދާޅުވިއެވެ.

ދެކެނޑިޑޭޓުންގެ ވަރަށް ވާދަވެެރި އިންތިޚާބެއްގެ ގޮތުގައި ކުރިޔަށްދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ލޫލާވަނީ ބޮލްސޮނާރޯގެ މައްޗަށް ކުރި ހޯއްދަވާފައެވެ.

އިންތިޚާބުގެ ދެވަނަ ބުރަކަށް  ދާންޖެހުނީ މިހާރުގެ ރައީސް ޖައިރު ބޮލްސޮނާރޯއާއި ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލުލާއާއި، ދެ ބޭފުޅުންކުރެ އެއްވެސް ބޭފުޅަކަށް %50 އަށްވުރެ މަތިން ފުރަތަމަ ބުރުގައި ވޯޓު ނުހޯއްދެެވުމުންނެވެ. އިންތިޚާބުގައި، ބުރެޒިލްގެ ރައްޔިތުން ވޯޓު ލުމަށްޓަކާ ދިގު ސަފުތަކެއްގައި ގިނައިރު ތިބެން ޖެހުނުއިރު، އެ ގައުމުގެ އެތައް މިލިއަން ރައްޔިތުންވަނީ އިންތިޚާބުގައި ވޯޓު ލާފައެވެ.

ބްރެޒިލްގެ އިލެކްޓޯރިއަލް ސުޕީރިއަރ ކޯޓުން  ފުރަތަމަބުރުގެ  ވޯޓަށްފަހު އާންމުކުރި ނަތީއަށް ބަލާއިރު، ވާތުފިޔައަށް ނިސްބަތްވާ ލުއިޒް އިނާސިއޯ ލުލާ ކަނާތިފިޔައިގެ، މިހާރުގެ ރައީސް ބޮލްސޮނާރޯގެ  މައްޗަށް  ފުރަތަމަ  ބުރުގައި  ކާމިޔާބު  ހޯއްދެވީ ވޯޓުލީ މީހުންގެ 48.4 އިންސްތައް ކާމިޔާބު ކުރައްވައިގެންނެވެ. މިހާރުގެ ރައީސް ބޮލްސޮނާރޯއަށް ކާމިޔާބު ކުރެއްވުނީ 43.2 އިންސައްތަ ވޯޓެވެ.

އެހެންންމަވެސް އިންތުޚާބުގެ ދެވަނަ ބުރުގެ ފަހު ހަފްތާތަކުގައި ނެގުނު ޚިޔާލު ހޯދުންނަތަކުން ދެބޭފުޅުންގެ މެދުގައި ހުރި ފަރަގު ވަރަށް ބޮޑަށް ކުޑަވެގެން އައިސްފައިވާކަމަށް ވަނީ ދައްކަަފައެވެ.

ލޫލާ ވަނީ 2003 ވަނަ އަހަރުން 2010 ވަނަ އަހަރާއި ހަމައަށް ބުރެޒިލްގެ ރައީސްކަން ކުރައްވާފައެވެ.

ލޫލާ ދެވަނަ ފަހަރަށް ބްރެޒިލްގެ ރައީސްކަމަށް ވަޑައިގަންނަވާއިރު އެގައުމަށްވަނީ އިގްތިސާދީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކޯވިޑް19 އަށްފަހު ބްރެޒިލްގެ އެތައް މިލިއަން ރައްޔިތުން ފަގީރު ހާލުގައި އުޅެންޖެހިފައި ވާއިރު، އެގައުމުގައިވަނީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ.

ދުނިޔޭގައި އޮތް 4 ވަނައަށް އެންމެ ބޮޑު ޑިމޮކްރަސީގައި ބޭއްވުނު މިއިންތިޚާބުގައި 11 ކެނޑިޑޭޓަކު ވާދަ ކޮށްފައިވާއިރު، އިންތިޚާބު އަބަދުވެސް ބެލެވެމުން އައީ ދެ ރައީސުންގެ ގަދަ ހިފުމެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.