މުޣުނީ، ޔާމީނަށް: ވެރިކަން ގެއްލި މަޖިލިސް ނުލިބުނީ އަނިޔާއާއި، ވައްކަން އިސްކުރުމުން

މުޣުނީ، ޔާމީނަށް: ވެރިކަން ގެއްލި މަޖިލިސް ނުލިބުނީ އަނިޔާއާއި، ވައްކަން އިސްކުރުމުން

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2022 02:06
0

ކުރީގެ ރައީސް ޔާމީނަށް ވެރިކަން ގެއްލި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަދު ގޮޑިތަކެއް ލިބިގެންދިޔައީ ވެރިކަމުގައި އަނިޔާއާއި، ވައްކަން އިސްކުރުމުން ކަމުގައި އެންވާރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން މުޣުނީ، ވިދާޅުވެއްޖެއެވެ.

ނ.އަތޮޅަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ, މަޖިލިސް އިންތިހާބުގައި ޕީޕީއެމުން ވާދަނުކޮށް ޖުމްހޫރީ ޕާޓީއަށާއި އެމްޑީއޭއަށް ގޮނޑިތަކެއް ދޫކޮށްލުމުން އެކަމުގެ ހިތި ތަހައްމަލު ކުރަމުންދާ ކަމަށެވެ. ޔާމީން ވިދާޅުވީ ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލި ނަމަވެސް އޭގެން އެއްވެސް ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބު ނުކުރެވުނު ކަމަށެވެ. އެއީ ރައްޔިތުންގެ ހެޔޮ ވިސްނުމުން ޖުމްހޫރީ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއެއް ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަތަކާއި ގުޅިގެން މުޣުނީ ވިދާޅުވީ ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި އެންމެބޮޑު ބައްޔަކީ ވެރިކަމުގައި ވައްކަމާއި އަނިޔާވެރިކަން އިންތިހާއަށް އިސްކުރުންކަމަށެވެ. އަދި ވެރިކަން ލިބިފައިވަނީ އެތައްބައެއްގެ މަސްކަތުންކަން ރައީސް ޔާމީން ހަނދުމަނެތީތޯ މުޣުނީ ވަނީ ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ 2013 ވަނަ އަަހަރުގެ އިންތިޚާބުގައި ރައީސްކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރާއި ސިޔާސީ އެތައް ބޭފުޅުންގެ މަސައްކަތުންކަމަށެވެ. އެހެން ނޫންނަމަ މިއަދުވެސް ޔާމީން ހުންނަވާނީ 3،000 މެމްބަރުން ހަމަނުވާ ޕީއޭގައިކަމަށެވެ.

ޔާމީންއެވެ. މަނިކުފާނު ވެރިކަމުން އަދި ޕީޕީއެމް މަޖިލިސް އިން ފެއިލްވެ ހިތިކަން ލިބުނީ މަނިކުފާނުގެ ވެރިކަމުގައި އަނިޔާއާއި، ވައްކަން އިސްކުރީމައެވެ. މަނިކުފާނަށް 2013ގައި ފުރަތަމަ ބުރުގައި ރައީސް މައުމޫންގެ ފޮޓޯ ވިއްކައިގެން ލިބުނީ ކިތައް ވޯޓުތޯއެވެ. އޮނަރަބަލް ޤާސިމް އިބްރާހިމް އަދި ޖީޕީގެ ސަޕޯޓް ނުލިބުނު ނަމަ ރައީސްކަން ވެސް އަދި ޕީޕީއެމްވެސް ނުލިބި ހުންނަވާނީ ތި ރުޅި މޫނުފުޅާއިއެއްކޮށް 3،000 ހަމަ ނުވާ ޕީއޭގައި ނޫންތޯއެވެ. ބޮޑާ ދޮގުބަސް ވިދާޅުނުވެ ވިސްނަވާށެވެ.

– މުޣުނީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ނިންމާފައިވާއިރު އެމަނިކުފާނު ވިދާޅުވެފައިވަނީ އެއްވެސް އިންތިޚާބެއްގައި އިތުރުގޮތެއް ނެތިގެން ނޫންނީ ކޯލިޝަން ނަހަދާނެކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެކަން ކުރާނެކަމުގެ އިޝާރާތެއްވެސް ރައީސް ޔަމީން ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަރި ވަރި
އެންޑީޕީ ވެރިން ރައްޔިތުން ގުބޯ ހައްދައިގެން ދޮގާއި މަކަރު ހަދައިގެން ރައީސް ޔާމީނަން ވޯޓުން ނޮހޮވުނީ އަދިވެސް ދަނީ ދިވެހި ރައްުަތުން ގުބޯ ހައްދަމުން ދެވަނަ ދައުރަކަން ވޯޓްހޯދަން ކަލޭމެން ލަދެއްނުގަނޭތަ ރައްޔިތުން ކުރިމައްޗަން އަރަން؟
ޥ ޥ
މިޔަށްވުރެ އަނިޔާވެރި ވައްކަންކުރާ ހަރާންކުރެއްވިއެއްމެހާކަމެއްހިއްގާސަރުކާރަކާދިމައެންނުވެ ހައްތާވެސް މުގުނީ ބޭނުންވާވައްތަރުގެ ކަންތައްމިއޮތީ.މިގައުމުގާ ސޭލުއަޅުވާފަ ރަގަޅުނުވާނީކީވެމިހެންވީމިވެރިކަން
މ މުގޭ
ތެޭ ވެރިކަން ލިބި މަޖުލިސް ނުގެއްލި އޮތުމުން ވީކަމެއް ބުނެބަލަ! ވީކަމެއްހަރާމް އަނިޔާވެރި ނުވާތީތޯ ކަމެއް ނުކޮށްދީ ތި ތިބެނީ ގައުމު ދަވާލީ ރައިއްޔަތުން ފެލާހުސް ކުރަނީ؟؟ ގައުމު އަޅުވެތި ކުރީ، މީހުން ހަފުސް ކޮށްފަ މި ތިބީ އެމީހަކު ޖެހުނު އެއްޗެއް ދަމާ ގައުމު ހުސްށް ތިލީ ގައުމު ދަރުވާލީ، ގައުމުގެ ހަރު މުދާ ރަހުނު ކޮށް ވިއްކާ ހުސްކޮށްލީ؟؟ ކޮބައިތަތަ ތި އޯގާވެރިން ގައުމާ ރައިއްޔަތުންނަށް ކޮށްދިން ކަމަކީ، އަޗާތެޅުން ނޫންކަމެއް ކުރެވިއްޖެތަ؟؟
އ އަޒްރާ
މުޣުނީމެން ކުރަނީ ވައްކަން ނޫންތަ؟މުޅިބައިތުލް މާލު ހުސްވެއްޖެ ވައްކަން ގިނަވެއްޖެ ޭރުން ގިނަވެއްޖެ ލިވާތު ގިނަވެއްޖެ ކޮރަޕްޝަން އންމުވެއްޖެ ކަލޭ ހޭބަލިވެއްޖެ
އ އަލީ ރަށީދު ދެކުނު ތިލަ
ހަގީގީ ތެދެއް ތިހެދީ އެމްޑީޕީ ކިޔާ ޖަމާއަތަކާ އަދި އެޖަމާ އަތާގުޅުނު ޚާއިނުންތަކެއް އަނިޔާވެރިކަން މިގައުމުގެ ރައްޔިތުން މިއަދު މިދަނީ ތަހައްމަލްކުރަމުން ދެން އޮތީ ވޯޓުގެ ވާހަކަ މިހާރު މިއޮއް ސަރުކާރު ވެރިކަމައް އައީ ސައްހަ ވޯޓަކުން ނޫން ހަމައެގޮތައް މަޖުލިސް ވެސް ސައްހަހޮވުމަކުން ހޮވާފަ އޮއް މަޖުލިހެއްނޫން ވީމާ އަމިއްލަޔައް ތިވިދާޅުވަނީ ހަމައަސްލު ހަގީގީވާހަކަ
A Adhi
މީކާކުއަގަހުޅުންް. ސްޓެލްކޯގައިމުޅިންކުރީީ ވައްކަން