ޤައުމީ އިނާމު 29 މީހަކަށާއި، 3 ފަރާތަކަށް

ޤައުމީ އިނާމު 29 މީހަކަށާއި، 3 ފަރާތަކަށް

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2022 12:14
0

މިއަހަރު ޤައުމީ އިނާމު 29 ބޭފުޅަކަށާއި، ތިން ފަރާތަކަށް ދިނުމަށް ނިންމައިފިއެވެ.

މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ އިނާމު ހަފްލާއާއއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ދެއްވުމަށް ނިންމަވައިފައިވާކަމަށެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް މާދަމާ ރޭ، 8:30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.