އެންމެ ގިނަ ބައެއްގެ ލޯތަށް މިހާރު އަމާޒު ވެފައި ހުރީ ބޮލިވުޑްގެ ބަތަލާ އާލިއާ ބަޓްއަށެވެ. ކައިވެންޏަށް ދެމަހުގައި ބަލިވެ އިންކަން އިއުލާން ކުރުމާއި އެކުގައި އާލިއާގެ ބޯކޮޅު ބަލަމުން ގިނަބަޔަކު އުޅޭ އިރުގައި ނޫސްތަކުން ވެސް އަންނީ ތަފާތު ހަބަރުތަށް ގެނެސްދެމުންނެވެ.
އެގޮތުން އަލަތު ދަރިފުޅު ވިހެއުމަށް ފަހު އާލިއާ ބޮޑު ޗުއްޓީއެއް ނަގާނެ ކަމަށްވެއެވެ. އަދި ދަރިފުޅު ބެލުމަށް ގޭގައި އެއް އަހަރު ހޭދަކުރާނެ ކަމަށް ހަބަރުތަށް އަންނަނީ ބުނަމުންނެވެ.
ބަލިވެ އިން ފަހުން ވެސް އާލިއާ އަންނަނި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިރިމީހާ އެކްޓަރު ރަންބީރު ކަޕޫރު އާއި އެކުގައި ކުޅުނު އަލަތު ފިލްމްގެ ޕްރޮމޯޝަންތަކުގެ އިތުރުން އޭނާ ގެ އަލަތު ހޮލީވުޑް ފިލްގެ ޝޫޓިން ވެސް ވަނީ ނިންމައިލައިފައިއެވެ.
މީގެ އިތުރުން އަމިއްލަ މެޓާނިޓީ ކަލެކްޝަންއެއް ވެސް މި ހަފްތާގެ ތެރޭގައި އޭނާ ވަނީ ލޯންޗް ކޮށްފައިއެވެ. ގިނަ ކަންކަމުގައި އާލިއާ ވަރަށް އަވަދި ނެތި އުޅެމުން އަންނަ އިރުގައި ވިހައިގެން އަހަރެއްހައި ދުވަސް އޭނާ ހޭދަކުރާނީ އަރާމު ކުރުމުގަިއ ކަމުގައި ހަބަރުތަށް ބުނެއެވެ.
މީގެ ކުރިން ބޮލިވުޑްގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ދަރިފުޅު ބެލުމަށް ގޭގައި އިންނާނީ ރަންބީރު ކަޕޫރެއެވެ. އެގޮތުން އޭނާ 6 މަސްދުވަހުގެ ޗުއްޓީއެއް ނަގާނެއެވެ. އަދި ވިހައިގެން ވީހާވެސް އަވަހަކަށް އާލިއާ މަސައްކަތަށް ނުކުތުމަށް ރަންވީރު ބުނެފައިވާ ަކަމށް ވެސް ވަނީ ބުނެފައިއެވެ.
އާލިއާ ގެ ކުރިއަށް ވެސް ގިނަ ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އެގޮތުން އެންމް ފާހަގަ ކޮށްލެވެނީ ކަރަން ޖޯހަރް ޑައިރެކްޓް ކުރާ ފިލްމް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އެވެ.