ދުނިޔޭގެ އެންމެ ރީތި 10 އަންހެނުންގެ ލިސްޓުގައި ދީޕިކާ!

ދުނިޔޭގެ އެންމެ ރީތި 10 އަންހެނުންގެ ލިސްޓުގައި ދީޕިކާ!

Author
ފާތިމަތު ނާވީ
18 އޮކްޓޯބަރ 2022 09:13
0

ދުނިޔޭން ވެސް އެންމެ ރީތި 10 އަންހެނުންގެ ތެރޭގައި، ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯން ހިމެނިއްޖެއެވެ.

ދީޕިކާ އަކީ އިންޑިއާ އިން އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ތަރިއެވެ. ހޮލީވުޑްގެ ތަރިން ކަމުގައިވާ ބެލާ ހަދީދް އާއި ކިމް ކާޑޭޝިއަން އަދި އަރިއާނާ ގްރާންޑޭގެ އިތުރުން ބިޔޯންސޭ ފަދަ ތަރިން މި ލިސްޓުގައި ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގެ އެއް ވަނާގައި ހިމެނިފައި ވަނީ ހޮލީވުޑްގެ އެކްޓްރެސް، ޖޯޑީ ކަމާ އެވެ. އޭނާއަށް އެ ޖާގަ ލިބިފައި ވަނީ 98.7 ޕަސެންޓާ އެކުއެވެ.

މޫނުގެ ބަައްޓަމާއި ފީޗާތައް ވަޒަންކޮށްގެން އެންމެ ރީތި މީހުން ކަނޑައަޅާ ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީ ފޯމިއުލާގެ ދަށުން ލިސްޓުގެ ނުވަ ވަނާގައި ދީޕިކާ ހިމެނުނީ އޭނަގެ މޫނުގެ ފީޗާތައް ވަޒަންކޮށްގެން ލިބުނު 91.22 މާކްހާ އެކީގައެވެ.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

36 އަހަރުގެ ބަތަލާ ހިމެނުނު މި ލިސްޓަކީ ޕްލާސްޓިކް ސާޖަންއެއް ކަމަށްވާ ޑރ. ޖޫލިއަން ޑި ސިލްވާ އެކުލަވާލާފައިވާ ލިސްޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.