ބޮލީވުޑްގެ ހުނަރުވެރި ތިން ބަތަލާއިން ކަމުގައިވާ ތައްބޫ އާއި ކަރީނާ ކަޕޫރު އަދި ކްރިތީ ސެނޮން އެކުގައި ފިލްމަކަށް ގެނައުމުގެ މަސައްކަތް ފަށާފައި ވާކަމަށް ޚަބަރުތަށް ބުނެފިއެވެ.
މި ތިން ތަރިން އެކުގައި ފެނިގެންދާ ފިލްމް އަކީ ކޮމެޑީ ފިލްމްއެކެވެ. ނަމަވެސް ފިލްމާ ބެހޭގޮތުން އަދި އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ބޮލީވުޑްގެ ޚަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ
އެދެމީހުން އެކުގައި މީގެ ކުރިން 2018 ވަނަ އަހަރު ވަނީ ކާމިޔާބު ފިލްމެއް ކަމުގައިވާ "ވީރޭ ދީ ވެޑިން" ގެނެސްދީފައެވެ. އެފިލްމުގައި ފެނިގެންދިޔައީ ކަރީނާ ކަޕޫރު އާއި ސޯންމް ކަޕޫރާއި ސުވަރާ ބާސްކަރްގެ އިތުރުން ޝީކާ ތަލްސާނިއާ އެވެ.
އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަ ނުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ 2020 ގައި ރިލީޒްކުރި ފިލްމު "ލޫޓްކޭސް" ގެ ޑައިރެކްޓަރު ރާޖޭޝް ކްރިޝްނަން އެވެ.
މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަަމަށާއި، ފިލްމުގައި މި ތިން ބަތަލާއިންގެ ތަފާތު ކެރެކްޓަރ ތަކެއް ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.