ނަޔަންތަރާ އަށް އެއްމާބަނޑު ދެ ކުދިން

ނަޔަންތަރާ އަށް އެއްމާބަނޑު ދެ ކުދިން

Author
ފާތިމަތު ނާވީ
11 އޮކްޓޯބަރ 2022 09:22
0

ސައުތުގެ އެންމެ މަގުބޫލު އެއް ތަރި ކަމުގައިވާ ނަޔަންތަރާ އަށް އެއްމާބަނޑު ދެ ދަރިން ލިބިއްޖެއެވެ. މަޝްހޫރު ތަމަޅަ ޑައިރެކްޓަރު ވިގްނޭޝް ޝިވަންއާ ޖޫން މަހުގެ 9 ގައި ކައިވެނި ކުރި ނަޔަންތަރާއަށް ލިބުނީ ދެ ފިރިހެން ކުދިންނެވެ.

ވިގްނޭޝް ވަނީ ސޯޝަލް މީޑިއާގައި އެމީހުންނަށް ދެ ކުދިން ލިބިފަިއވާކަން އިއުލާން ކޮށްފައިއެވެ. އަދި އެކުދިންނާއި އެކުގައި ފޮޓޯއެއްވެސް ވަނީ ހިއްސާ ކޮށްފައިއެވެ.

އެ ދެމަފިރިން ދަރިންހޯދީ ސަރޮގޭޓްކޮށްގެންނެވެ. މިހާރަކަށް އައިސް ސަރޮގަސީ މެދުވެރިކޮން ދަރިން ހޯދާ ތަރިން އަންނަނީ އިތުރު ވަމުންނެވެ. 37 އަހަރުގެ ބަތަލާ އަކީ ސައުތުގެ މަގުބޫލު އެތަށް ފިލްމް އެއްގައި މަސައްކަތް ކޮށްފައިވާ ތަރިއެކެވެ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

މީގެ އިތުރުން ނަޔަންތަރާ އަންނަނީ ބޮލީވުޑްއަށް ތާއާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ އަލަތު ބޮލިވުޑް ފިލްމު އަކީ "ޖަވާން" އެވެ. އެ ފިލްމްގައި އޭނާ އާއި އެކުގައި ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު އެކްތަރު ޝާހުރުކް ޚާންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.