ޕްރަބާސްގެ އަދި ޕުރުޝްގެ ޓީޒާއެއް

ޕްރަބާސްގެ އަދި ޕުރުޝްގެ ޓީޒާއެއް

Author
ޢަލީ އާދަމް
07 އޮކްޓޯބަރ 2022 02:55
0

ސައުތުގެ ސުޕަސްޓަރ ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމު، "އަދިޕުރުޝް" ގެ ޓީޒާ ދައްކާލައިފިއެވެ.

ހިންދޫ މީތޮލޮޖިކަލް ފިލްމު އަދިޕުރުޝްގެ ޓީޒާގައި، ފިލްމުގެ ލީޑު ތިން ތަރިން ކަމަށްވާ ޕްރަބާސްއާއި ސައިފް އަލީ ޚާނާއި ކްރިތީ ސެނޮން ފިލްމުގައި ފެންނާނެ ގޮތް ވަނީ ދައްކާލައިފައެވެ.

ސައިފް މި ފިލްމުގައި ކުޅެފައިވަނީ ނުބައި މީހެއްގެ ރޯލެވެ. އަދި ހީރޯގެ ގޮތުގައި ޕްރަބާސް ފެނިގެންދާއިރު ކްރިތީ އަކީ އޭނާގެ ލޯބިވެރިޔާއެވެ. މި ތިން ތަރިންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ސަނީ ސިންގ، ދޭވްދައްތާ ނާގޭ، ވަޓްސަލް ޝެތު، ސޯނަލް ޗޯހަން އަދި ތުރުޕްތީ ތޮރަޑްމާލް ފަދަ ތަރިން ފެނިގެންދާނެއެވެ.

ޓީ-ސީރީޒާއި ރެޓްރޯފައިލްސް ގުޅިގެން، 500 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމު ޑައިރެކްޓުރީ 2020 ގައި "ތާނަޖީ: ދި އަންސަންގް ވޯރިއަރ" ގެނެސްދިން އޯމް ރައުތުއެވެ.

ހިންދީ، ތަމަޅަ، ޓެލެގޫ، ކަންނަޑާ އަދި މަލަޔާލަމް، މި 5 ބަހުން ޑަބްކޮށް ނެރެން ހަމަޖެހިފައިވާ މި ފިލްމު، މިއަހަރުގެ އޯގަސްޓު މަހުގެ 11 ވަނަދުވަހު ޕްރިމިއާ ކުރަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ ތާރީހު ބަދަލުކުރީ ބޮލީވުޑްގެ ވަރުގަދަ އެހެން ފިލްމަކާ ފުށޫއަރާތީއެވެ.

"އަދިޕުރުޝް" ސިނަމާތަކުގައި އެޅުވުމަށް މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ 12 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.