ސަލްމާންގެ ބޮޑީ ޑަބަލް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ

ސަލްމާންގެ ބޮޑީ ޑަބަލް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ

Author
ފާތިމަތު ނާވީ
04 އޮކްޓޯބަރ 2022 04:43
0

ބޮލީވުޑް ސުޕަސްޓަރ ސަލްމާން ޚާންގެ ބޮޑީ ޑަބަލްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ސާގަރް ޕާންޑޭ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ސާގަރް އާއެކުގައި ނަގާފައިވާ ފޮޓޯ އަކާއެކު ސޯޝަލް މީޑިއާގައި ސަލްމާން ވަނީ މިކަމާގުޅިގެން ހިތާމަ ފާޅުކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި ސާގަރް މަރުވީ ޖިމްގައި ކަސްރަތު ކުރަން ހުއްޓާ މިދިޔަ ހުކުރު ދުވަހުއެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައި ވާކަަމަށް އޭނާގެ ގާތް ރަހުމަތް ތެރިއެއް ކަމުގައިވާ، ޝާހްރުކް ޚާންގެ ބޮޑީ ޑަބަލް ގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕްރަޝާންތް ވާޑޭ ވަނީ ބުނެފައެވެ.

އުމުރުން 50 އަހަރުގެ ސާގަރް ވަނި 50 އަށް ވުރެ ގިނަ ފިލްމުގައި ސަލްމާންގެ ބޮޑީ ޑަބަލް އެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކުރީ ސަލްމާންގެ "ބަޖްރަންގީ ބައިޖާން" ގައިއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ސާގަރަކީ އުއްތަރު ޕްރަދޭޝަށް ނިސްބަތް ވާ މީހެކެވެ. އޭނާ މުމްބާއީއަށް އައީ އެކްޓަރަކަށް ވުމުގެ ހުވަފެނުގައެވެ. ނަމަވެސް ފިލްމަކުން އެކްޓިންގެ ފުރުސަތު ނުލިބި އޭނާއަށް ލިބުނީ ބޮޑީ ޑަބަލް އެއްގެ ރޯލު ކުޅުމަށެވެ.

ސަލްމާންގެ ބޮޑީ ޑަބަލް އެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރި ފިލްމަކީ "ކުޗް ކުޗް ހޯތާހޭ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާސް ޗާޗާ މިކްސް
ކުޗް ކުޗް ހޯތާހޭ ؟؟؟ ️