ދްރިޝްޔަމް 2 ގެ ފަސްޓް ލުކް ދައްކާލައިފި

ދްރިޝްޔަމް 2 ގެ ފަސްޓް ލުކް ދައްކާލައިފި

Author
ފާތިމަތު ނާވީ
01 އޮކްޓޯބަރ 2022 01:51
0

2015 ވަަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ދްރިޝްޔަމް"ގެ ދެވަނަ ބައި ކަމުގައިވާ "ދްރިޝްޔަމް 2″ ގެ ފަސްޓް ލުކް ޕޯސްޓަރު ތަކެއް ސޯޝަލް މީޑިއާގައި އަޖޭ ހިއްސާ ކޮށްފިއެވެ.

ދްރިޝްޔަމްގެ ދެވަނަ ބައިން ވެސް ފެންނާނީ ފުރަތަމަ ބައިގައި އުޅުން ތަރިންނެވެ. އެގޮތުން މި ފިލްމްގެ ލީޑުން އަޖޭ ދޭވްގަން، ޝްރިޔާ ޝަރަން، ތައްބޫ، އިޝިތާ ދަތުގެ އިތުރުން އަކްޝޭ ކަންނާ ފެނިގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

ދްރިޝްޔަމްގެ ޝީކުއަލް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަޖޭ ވަނީ ފިލްމު ރިލީޒް ކުރާ ދުވަސް ޓްވިޓާގައި އިއުލާން ކޮށްފައެވެ.

ޓީ- ސީރީޒް އާއި ޕެނޮރޯމާ ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމު ޑައިރެކްޓް ކުރަނީ ޖީތޫ ޖޯސެފްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.