އަހަރުގެ އެންމެ ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ2″ ގައި އެންމެ މުހިންމު ރޯލުން ފެނިގެންދިޔަ ބަތަލާ ތައްބޫ އޭނާގެ ރީތިކަމުގެ ސިއްރު ކިޔައިދީފިއެވެ.
މިހާރު އުމުރުން 51 އަހަރުގެ ބަތަލާ އަކީ އުމުރަށްވުރެ ޅަ ކަމަށް ފެންނަ ބަތަލާއެކެވެ. އަދި ހަމަ އެއާއި އެކު އޭނާގެ ޒުވާން ކަމުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ތައްބޫ ވަނީ އޭނާ އަކީ ތަފާތު ފަތްޕިލާ ވެލިން އުފައްދާ ތަކެތި ބޭނުން ކުރާ މީހެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނެފައި ވަނީ ބައިލައްކަ ރުޕީސްއަށް ދޭ އަގުބޮޑު ކްރީމެއް ގަނެގެން ބޭނުން ކުރި ކަމަށެވެ.
އެއީ މީހަކު. ބުނި ބުނުމަށް ގަތް އެއްޗެއް ކަމަށާއި ނަމަވެސް ދުވަހަކު ވެސް އެ ދެން ނުގަންނާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރީތިކޮށް ހުރުމަށް މަސައްކަތް ކުރާ ކަމަށާއި ގަވައިދުން އެއްވެސް އެއްޗެއް ނޫނގުޅޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް މޫނު ރީތިކޮށް ބެހެއްޓުމަށް ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަށިގަނޑާއި ސިކުނޑި ވެސް ފިޓްކޮށް ހުންނަން ޖެހޭނެ ކަމަށް ވެސް ތައްބޫ ފާހަގަ ކޮށްފައިވެއެވެ.
ތައްބޫގެ ކުރިއަށް އޮތް ފިލްމަކީ ވިޝާލް ބަރަދްވާޖް ޑައިރެކްޓް ކޮށްފައިވާ ފިލްމު "ޚޫފިޔާ" އެވެ. މި ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދޭ ފިލްމެކެވެ.