އަލީ އައްބާސް ޒަފަރަށް ދަރިއަކު ލިބިއްޖެ

އަލީ އައްބާސް ޒަފަރަށް ދަރިއަކު ލިބިއްޖެ

Author
ފާތިމަތު ނާވީ
27 ސެޕްޓެމްބަރ 2022 08:15
0

ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓް ކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރަށް ދަރިއަކު ލިބިއްޖެއެވެ.

މިއީ އަލީގެ އަލަތު ދަރިފުޅެވެ. އަލީ އާއި ފްރެންޗް ޑާންސަރ އަދި މޮޑެލް އެލީޝިއާ ކައިވެނި ކުރީ 2021 ވަނަ އަހަރުއެވެ. ދަރިއަކު ލިބުނުކަން އިއުލާން ކޮށްފައި ވަނީ އަލީ، އޭނާގެ އިންސްޓަގްރާމް ގައެވެ.

އަންހެނުންގެ މާބަނޑު އިރުގެ ފޮޓޯ އަކާއެކުގައި އަލީ ބުނެފައިވަނީ ކައިވެންޏަށް ދެއަހަރުގައި އެމީހުންނަށް އަންހެން ކުއްޖަކު ލިބިފައިވާ ކަމަށާއި އެކުއްޖާ ވިހާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

އަލީގެ ދަރިފުޅަށް މިހާރު ވަނީ ނަންވެސް ކިޔާފައެވެ. އެކުއްޖާގެ ނަމަކީ އަލީޖާ ޒެހްރާ ޒަފަރެވެ.

 

View this post on Instagram

 

A post shared by Ali Abbas Zafar (@aliabbaszafar)

އަލީ، 40، އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޑައިރެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކެވެ. "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އަދި "ބާރަތު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 16 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރި "ޖޯގީ" އެވެ.

 

View this post on Instagram

 

A post shared by Ali Abbas Zafar (@aliabbaszafar)

އަލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ޝާހިދު ކަޕޫރްގެ "ބްލަޑީ ޑެޑީ" އާއި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ހިމެނެއެވެ.

 

View this post on Instagram

 

A post shared by Ali Abbas Zafar (@aliabbaszafar)

ޑައިރެކްޓަރެއްގެ އިތުރުން ސްކްރީން ރައިޓަރެއްގެ ގޮތުގައި ވެސް ކުޅަދާނަ އަލީ ހެދި ފިލްމުތަކުގެ ތެރޭގައި "ގުންޑޭ"، "މޭރޭ ބްރަދާ ކީ ދުލްހަން" ހިމެނެ އެވެ. އޭނަ މިދިޔަ އަހަރު އެމެޒަން ޕްރައިމް ވީޑިއޯއަށް "ތަންޑާވް" ކިޔާ ވެބް ސީރީޒެއް ވެސް ގެނެސްދިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.