ހީނާ އަނެއްކާ ވެސް ރާއްޖޭގައި!

ހީނާ އަނެއްކާ ވެސް ރާއްޖޭގައި!

ބޮލީވުޑްގެ ގިނަ ސެލެބްރިޓީންގެ އެންމެ މަގުބޫލު އެއް ހޮލިޑޭ ޑެސްޓިނޭޝަނަކީ ރާއްޖެ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ބޮލީވުޑްގެ ބަތަލާއިންގެ އިތުރުން އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ތަރިން ބަދުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރެއެވެ.

އަދި ހަމަ އެހެންމެ ގިނަ ތަރިންނަކީ އެއްފަހަރަކަށް ވުރެ ގިން ފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ތަރިނެނެވެ. އެގޮތުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިންޑިއާގެ ބަތަލާ ހީނާ ޚާން އަނެއްކާ ވެސް މިވަނީ ރާއްޖެ އައިސްފައެވެ.

ހީނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ ހޮނިހިރު ދުވަހުއެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ހެރިޓެންސް އާރަށް ރިސޯޓްގައެވެ. އޭނާގެ ޗުއްޓީގެ މަންޒަރުތަށް އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ގެންދަނީ ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by HK (@realhinakhan)

ހީނާ އަކީ ސްޓާ ޕްލަސްގެ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ އެވެ. އެކަމަކު 2009 ގައި ފެށި ސިލްސިލާ އިން 2015 ގައި އޭނާ ވަނީ ވަކިވެފައެވެ.

އަދި ހަމަ އެއާއި އެކުގައި އޭނާ ވަނީ ޓިވީ އިންޑަސްޓްރީ ދޫކޮށް ބޮލީވުޑަށް ތައާރަފް ވެފައެވެ. ނަމަވެސް ޓީވީގައި ހޯދި ވަރުގެ ކާމިޔާބެއް އަދި މިހާތަނަށް ބޮލީވުޑްގައި އޭނާއަށް ހޯދިފައެއް ނުވެއެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2020ގެ "ހެކްޑް" އެވެ.

 

View this post on Instagram

 

A post shared by HK (@realhinakhan)

ޓީވީ އުފެއްދުންތަކަށް ވުރެ ބޮޑަށް ހީނާ، 34، މިހާރު އިސްކަން ދެނީ ފިލްމާއި ވެބް ސީރީޒްތަކަށެވެ. އެގޮތުން އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ "ސެވަން ވަން" ކިޔާ ވެބް ސީރީޒަކުންނެވެ. މީގެ އިތުރުން އޭނާ އަކީ ރިއަލިތީ ޝޯތަކުގައިވެސް ވާދަކުރާ ފަންނާނެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *