"ބްރައްމަސްތުރާ" އާލިއާ ކުޅުނީ ހިލޭ!

"ބްރައްމަސްތުރާ" އާލިއާ ކުޅުނީ ހިލޭ!

Author
ފާތިމަތު ނާވީ
25 ސެޕްޓެމްބަރ 2022 09:37
0

5 އަހަރުގެ ދިގު މުއްދަތަކުން ނިންމާލެވުން ފިލްމު "ބްރައްމަސްތުރާ" ގެ ލީޑް ރޯލު ބަތަލާ އާލިއާ ބަޓް ކުޅެދިނީ ގާތްގަނޑަކަށް ހިލޭ ކަމަށް ޑައިރެކްޓަރު އަޔާން މުކަރްޖީ ބުނެފިއެވެ.

މި ފިލްމަކީ އަޔާން މުކަރްޖީ ޑައިރެކްޓްކޮށް އާލިއާ ބަޓާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި އެ ދެތަރިންގެ ލޯބީގެ ފެށުމަކީވެސް ހަމަ މި ފިލްމެވެ.

ލޯބީގެ ގޮތުން ގުޅި، އެދެމީހުން މިހާރު ވަނީ ކައިވެނިވެސް ކޮށްފައެވެ. އަދި އާލިއާ އިނީ އެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

 

މަޝްހޫރު ފިލްމު ޓްރޭޑް އެނަލިސްޓް ކޯމަލް ނައްތާށް ދިން އިންޓަވިއުއެއްގައި އަޔާން ބުނީ އާލިއާ އާއި ރަންބީރު ފިލްމަށްޓަކައި ވީ ގުރުބާނީ ދުވަހަކު ވެސް ހަނދާން ނައްތައިނުލާނެ ކަމަށެވެ. އަދި އާލިއާ އާއި ރަންބީރުގެ މިހާރުގެ އަސްލު އަގަށް ބަލާއިރު ފިލްމު ކުޅެދިނީ ހިލޭކަމަށް ބުނެވިދާނެ ކަމަށް

ބޮޑު ބަޖެޓަކުން ހަދާފައިވާ މި ފެންޓަސީ އެޑްވެންޗާ އަކީ އެތައް ރެކޯޑެއް މުގުރާލި ކާމިޔާބު ފިލްމެކެވެ. މިއީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމެކެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

"ބްރައްމަސްތުރާ: ޕާޓް ވަން-ޝިވާ" ގެ ކާސްޓްގައި އަމީތާބް ބައްޗަން، މޯނީ ރޯއީ، ނާގައަރްޖުނާ އަދި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެނިގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.