ގޯރީގެ ނަސޭހަތް ސުހާނާއަށް: އެއްފަހަރާ ދެމީހުންނާ ރައްޓެހި ނުވާތި!

ގޯރީގެ ނަސޭހަތް ސުހާނާއަށް: އެއްފަހަރާ ދެމީހުންނާ ރައްޓެހި ނުވާތި!

Author
ފާތިމަތު ނާވީ
23 ސެޕްޓެމްބަރ 2022 06:51
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާން ގެ އަނބިމީހާ ގޯރީ ޚާން އޭނާގެ ދޮށީ އަންހެން ދަރިފުޅަށް ވަރުގަދަ ނަސޭހަތެއް ދީފިއެވެ.

ގޯރީ ވަނީ އެންމެ ފަހުން ގެނެސްދިން "ކޮފީ ވިތު ކަރަން" ގެ 7 ވަނަ ސީޒަންގައި ބައިވެރިވެ ދަރިންނާއި އާއިލާ އަދި އަމިއްލަ ދިރިއުޅުމުގެ ގިނަ މައުލޫމާތު ތަކެއް ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

އެގޮތުން ގޯރީގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސުހާނާ އަށް ދޭނެ "ޑޭޓިން އެޑްވައިޒް" އަކީ ކޮބައިތޯ ކަރަން ސުވާލު ކުރުމުން ގޯރީ ބުނެފައިވަނީ އޭނާގެ އެދުމަކީ އެއްފަހަރާ ދެ ފިރިހެނުންނާ ޑޭޓް ނުކުރުން ކަމަށެވެ.

އިންޓީރިއާ ޑިޒައިނިންގެ ރޮނގުން ފާހަގަ ކޮށްލެވޭ ގޯރީ ޚާން، ސުހާނާއަށް މި ނަސޭހަތް ދީފައިވަނީ ކަރަންގެ މި އެޕިސޯޑުގެ ޓްރެއިލާ އާންމުކުރި އިރުއެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

ގޯރީ މިހެން ބުނި އިރުގައި ސުހާނާ އުޅޭނީ މީހަކާ ލޯބީގެ ގޮތުން ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ. އަދި ހަމަ އެހެންމެ މީގެ ކުރިން ސުހާނާ އެއްފަހަރާ ދެމީހުންނާ ޑޭޓް ކުރީތޯ ވެސް މީ އުފެދޭ ސުވާލެކެވެ.

ބައްޕައެކޭ އެއްގޮތަށް ފިލްމު ކުޅުމުގެ ޝައުގުވެރިކަން ހުރި ސުހާނާ ބޮލީވުޑަށް ނުކުންނާނީ ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ ފިލްމު "ދަ އާޗީސް" އިންނެވެ. ފިލްމު އެޅުވުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުއެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

"ކޮފީ ވިތު ކަރަން" ގެ ޝޯގައި ގޯރީއާ އެކު ބައިވެރިވާނީ ޒުވާން ތަރި، އަނަންޔާ ޕާންޑޭގެ މަންމަ، ބަވްނާ ޕާންޑޭ އާއި އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕު ކަޕޫރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.