ޝުޖާގެ ރައްދު އެމްއާރުއެމަށް: ވަގަށް ނަގައިގެން އަދަދު ހަމަކުރިޔަސް ތިޔައީ ތާއީދެއް ނެތް ޕާޓީއެއް!

ޝުޖާގެ ރައްދު އެމްއާރުއެމަށް: ވަގަށް ނަގައިގެން އަދަދު ހަމަކުރިޔަސް ތިޔައީ ތާއީދެއް ނެތް ޕާޓީއެއް!

ގުޅުންހުރި

ޕީޕީއެމްގެ ދަފްތަރުން އެތައް މެމްބަރުންނެއް ވަގަށް ނަގައިގެން ޤާނޫނުގައި ބުނާ އަދަދު ހަމަކުރި ކަމުގައި ވީނަމަވެސް އެމްްއާރުއެމްއަކީ އެއްވެސް ތާއީދެއް އޮތް ޕާޓީއެއް ނޫންކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބުގައި ބައިވެރިވުމަށް އެމްއާރުއެމްއިން މެމްބަރުން ވަކިވާތީ އެޕާޓީން ކަންބޮޑުވުން ފާޅުކޮށް ރޭ ނެރުނު ބަޔާނާއި ގުޅިގެންނެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެތެރޭގައެވެ. ނަމަވެސް އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓު ލެވެނީ ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީއަށް ވަދެފައިވާ މެމްބަރުންނަށެވެ.

އެމްއާރުއެމްގެ ވާހަކަތަކާއި ގުޅިގެން ޝުޖާ ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓުދެވޭނެ މެމްބަރުންނަކީ ކޮބައިކަން ކަނޑައަޅާފައިވާކަމަށެވެ. އައުފޯމުތައް ފުރައިގެން އަލަށް ޕާޓީއަށް ވަންނަ މީހުންނަށް އެއިންތިޚާބުގައި ވޯޓު ނުލެވޭނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ޕީ.ޕީ.އެމް އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ފުރުއްވާ އައު ފޯމްތަކުގައިވާ ފަރާތްތަކަށް ކުރިއަށް އޮތް ދާއިރާ އިންތިޚާބަކު ވޯޓެއް ނުލެވޭނެ. ޕީ.ޕީ.އެމް އިންތިޚާބުގައި ބައިވެރިވާންވެގެނޭ ވިދާޅު ނުވޭ. އަސްލުވާގޮތަކީ އެމް.އާރް.އެމް އަށް ތާއީދު ނެތީ.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ އެމްއާރުއެމްއިން މެމްބަރުން ޕީޕީއެމްގެ އިންތިޚާބަކާއި ދިމާކޮށް ބަދަލުވާ ވާހަކަ ދައްކާއިރު، އެމްްއާރުއެމްއިން މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ޕީޕީއެމްގެ އެތައް މެމްބަރުންނެއް ވަގަށް ނަގާފައިވާކަމަށެވެ. ޕީޕީއެމްގެ ދަފްތަރަކީ އެއްވެސް ހާލެއްގައި ކުދި ޕާޓީ ދެމި އޮތުމަށް އޮތް ދަފްތަރެއް ނޫންކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.

ކޮބާތޯ ޕީ.ޕީ.އެމްގެ ދަފްތަރުން ތިޔަ ޕާޓީން ވަގަށް ނެގި މެމްބަރުން ކޮޅު؟ އަޅުގަނޑުމެންގެ ދަފްތަރަކީ ކުދި ޕާޓީތައް ދެމިއޮތުމަށް ވައްކަން ކުރަން އޮތް އެއްޗެއްތޯ؟

– ޝުޖާ ވިދާޅުވިއެވެ.

އެމްއާރުއެމްއަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން އިލެކްޝަނުން ދިން މުއްދަތުގައި އަދަދު ހަމަކޮށްފައިވާ ޕާޓީއެކެވެ. އެމްއާރުއެމްއަކީ 2005ވަނައަހަރު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިންފަހުން ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. އެމްއާރުއެމްގެ މިހާރުގެ ރައީސަކީ ފާރިސް މައުމޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ